ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 10:32
ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް-ޖުބައިރު
ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް-ޖުބައިރު
ގޫގުލް
ގަތަރުގެ މައްސަލަ
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
ގަތަރުގެ މައްސަލައަށް އަދިވެސް ވަނީ ހައްލެއް ނުލިބި

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް-ޖުބައިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ލަންޑަންގައި ވާހަކަ ދައްކަވަމުން ސައުދީ ފޮރިން މިނިސްޓަރު އަލް-ޖުބައިރު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައު އާއި ސަރަހައްދުގެ ގޮވާލުމަކީ ގަތަރު "ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމަށް" އެއްބާރުލުން ނުދިނުން ކަމަށާއި އެ ގޮވާލުމަށް އިޖާބަ ދިނުމަށް ގަތަރަށް ގޮވާލާ ކަމަށެވެ.

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" އެކުލަވާލުމާ މެެެދު ޖުބައިރު ވިދާޅުވީ އެނާ އެކަން ކަަމަށް، "ކުރާ ޑިމާންޑުތަކޭ" ވިދާޅުނުވާނެ ކަމަށާއި އެއީ ހަަމަ ހައްލުކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. ގަތަރަށް ހުށަހަޅާނެ "ކަންބޮޑުވުންތަކާ" ބެހޭ ތަފްސީލެއް ޖުބައިރު ނުދެއްވައެވެ.

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ  ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.

ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން އެމެރިކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫސުފް އަލް އުތައިބާ ދާދި ފަހުން ވަނީ ވިދާޅެފައެވެ. ސަފީރު ވިދާޅުވީ ފަަހަރުގައި އަދިވެސް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތި ކުރަން ޖެހިދާނެ ކަމަށެވެ.

ގަލްފަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް އަދިވެސް ނުލިބޭ އިރު، ގަތަރުން ވަނީ މައްސަލަ ހައްލު ކުރުމަށްޓަަކައި މަޝްވަރާ އަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ. 

 

 

- ކޮމެންޓް