ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 07:47
ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
ޔުވެންޓަސްގެ ފުރަތަމަ މެޗުގައި ވެސް ޑި މާރިއާ ވިދާލައިފި
މެޗުގައި ޑި މާރިއާ ވަނީ ލަނޑެއް ޖަހައި، ލަނޑެއް ޖެހުމަށް އެހީތެރިވެދީފައި

އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެންހެލް ޑި މާރިއާ ވިދާލައިފިއެވެ.

މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު، ޑި މާރިއާ ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. އިޓާލިއަން ލީގުގައި ކުޅުނު އެ މެޗުގައި ޔުވެންޓަސް އިން ނިކުތީ ސަސުއޯލާއާ ދެކޮޅަށެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގައި ޑި މާރިއާ ވަނީ ލަނޑެއް ޖަހައި، ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.

ޔުވެންޓަސް އަށް ލީޑު ނަގައިދިނީ މެޗުގެ 26 ވަނަ މިނެޓުގައި ޑި މާރިއާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އިން ލީޑު ފުޅާ ކުރި ލިބުނު ޕެނަލްޓީއަކުންނެވެ. ޑޫސާން ވްލަހޯވިޗް ޕެނަލްޓީން ލަނޑު ޖެހީ 43 ވަނަ މިނެޓުގައެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު ވްލަހޯވިޗް ޖެހީ ޑި މާރިއާގެ އެހީތެރިކަމާއެކު 51 ވަނަ މިނެޓުގައެވެ.

އިޓާލިއަން ލީގުގައި ރޭ ވެރޯނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ނަޕޯލީ ވަނީ 5-2 އިން ކާމިޔާބުކޮށްފައެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ނަޕޯލީއަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް