ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 09:05
ކޮމާންޑިންގ އޮފިސަރުގެ އިތުރުން އިތުރު ދެ ފަޅުވެރިޔަކު ވެސް ފަރުވާދިނުމަށް ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ
ކޮމާންޑިންގ އޮފިސަރުގެ އިތުރުން އިތުރު ދެ ފަޅުވެރިޔަކު ވެސް ފަރުވާދިނުމަށް ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ
ބީބީސީ
އެމެރިކާ މަނަވަރު އެކްސިޑެން
އެމެރިކާގެ މަނަވަރެއް އިތުރު ބޯޓަކާ މުޑިއަރައި ސިފައިންގެ ހަތް މީހުން ގެއްލިއްޖެ
ކޮމާންޑިންގ އޮފިސަރުގެ އިތުރުން އިތުރު ދެ ފަޅުވެރިޔަކުވެސް ފަރުވާދިނުމަށް ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ
ބޯޓުގެ މަތިން ނަގާފައިވާ ފޮޓޯއިން ދައްކާގޮތުން ކަނާތްފަރާތުން ކުރީކޮޅުވަނީ ވަރަށްބޮޑަށް ހަލާކުވެފަ
އެކްސިޑެންޓް ހިނގި ސަރަހައްދަކީ ޓޯކިޔޯ ބޭ އަށް ވަދެނުކުމެވާ އާގުބޯޓްފަހަރު ގިނަ ކަމުން ކާރޫބާރު ބޮޑު ސަރަހައްދެއް

ޖަޕާނުގެ އައްސޭރިފަށުން އެމެރިކާގެ މަނަވަރެެއް ކާގޯ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އެމެރިކާ ސިފައިންގެ ހަތް މީހަކު ގެއްލިއްޖެއެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ވެސް ހިމެނެއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެލިކޮޕްޓަރގައެވެ.

ކޮންޓެއިނާ އުފުލާ އޭސީއެކްސް ކްރިސްޓަލް ނަމަަކަށް ކިޔާ ބޯޓާއި ނޭވީ ޑެސްޓްރޯޔަރ ފިޒްޖެރަލްޑް ޖެހިފައިިވަނީ ޔޮކޮސޫކާގެ ހުޅަނގު ދެކުނުން 56 ނޯޓިކަލް މޭލު ބޭރުން ޖަޕާނު ގަޑިން ގާތްގަނޑަކަށް 2:30 ހާއިރުއެވެ.

ބޯޓުގެ މަތިން ނަގާފައިވާ ފޮޓޯއިން ދައްކާ ގޮތުން ކަނާތް ފަރާތުން ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކޮމާންޑިންގ އޮފިސަރުގެ އިތުރުން އިތުރު ދެ ފަޅުވެރިޔަކު ވެސް ފަރުވާދިނުމަށް ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ހަތްވަނަ މަނަވަރުން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވެއެވެ.

މީގެ ކުރިން ބުނެފައި ވަނީ މަނަވަރުގެ ބައެއް ހިސާބުތައް ދިޔަވެފައިވާ ކަމަށާއި ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ފިޒްޖެރަލްޑް މިހާރު ދަނީ ޔޮކޮސޫކާއާ ދިމާލަށް ދަތުރުކުރަމުން ކަމަށްވީ ނަމަވެސް 154 މީޓަރުގެ މި މަނަވަރު އޭގެ ފުރިހަަމަ ދުވެލީގައި ނުދުއްވޭ ކަމަށް ބުނެފައި ވެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަކީ ޓޯކްޔޯ ބޭ އަށް ވަދެނުކުމެވާ އާގުބޯޓްފަހަރު ގިނަ ކަމުން ކާރޫބާރު ބޮޑު ސަރަހައްދެކެވެ.

ނަމަވެސް ޔޫއެސްއެސް ފިޒްޖެރަލްޑްއަކީ ދެނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ވަރުގަދަ އެއް ރާޑަރ ސިސްޓަމް ހަރުކޮށްފައިވާ އުޅަނދެވެ.

ކާގޯ އުފުލާ 200 މީޓަރުގެ ދިގު ބޯޓެއް އައިސް ޖެހުނު އިރު ކްރޫއިންނަށް އޭގެން ނުރެކެވެމުން ވަނީ ސުވާލު އުފެދިފައެވެ.

ޖަޕާނުގެ ނޭޝަނަލް ބްރޯޑްކާސްޓަރ އެންއެޗްކޭ ބުނާ ގޮތުން ކާގޯ ބޯޓްގެ ދިރުނބާ ކޮޅަށް ލިބުނު ކުޑަ ގެއްލުމެއް ފިޔަވައި އެ ބޯޓަށް އިތު ގެއްލުމެއް ވެފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް