ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 16:54
ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އިއުލާނު ކޮށްފައި
ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އިއުލާނު ކޮށްފައި
ރާއްޖެއެމްވީ
ސިވިލް ކޯޓު
ސިވިލް ކޯޓަށް ގާޒީއަކު ހޯދަނީ
 
 29 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅޭނެ
 
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000.00 ރުފިޔާ

ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީ އިން ހޯމަ ދުވަހު ވަނީ ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.

ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15,000.00 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސް ގޮތުގައި މަހެއްގެ މައްޗަށް 1،650.00 ރުފިޔާ ލިބެއެވެ.

އޭގެ އިތުރުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން  ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެކަމަށްވެސް ޖޭއެސްސީ އިން މައުލޫމާތުދެއެވެ.

ޖޭއެސްސީ އިން ވަނީ މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން  29 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވުމަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް
އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ ބެލޭނެކަމަށް ނިންމުމުން، ބޭންކުން ހައިކޯޓަށް
މިއިން ޒަމާނެއްގައި އިންވެސްޓް ނުކުރާ ވަރަށް 2019 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް ދަނީ އިންވެސްޓް ކުރަމުން: ޙިސާން
ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ވަގުތުން ލިއުމަށް ތިރިކުރުމަށް "ކޭލި" ސޮފްޓްވެއަރ އިފްތިތާހުކޮށްފި
އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލުވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމުނުކުރެވޭނެ: ފަނޑިޔާރު ނިޔާޒް
މެޖިސްޓްރޭޓު ކޯޓުތަކަށް ހަތް ފަނޑިޔާރުން އައްޔަންކޮށްފި