ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 07:38
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ފުރަތަމަ ދެ މެޗުން ބާސްކެޓު ޓީމަށް ނާކާމިޔާބު
އަންގާރަ ދުވަހު ރާއްޖެއިން ފުރަތަމަ މެޗުގައި ނުކުންނާނީ މޮރިޓޭނިއާ އާ ދެކޮޅަށް، ފަހު މެޗުގައި ގުޔާނާއާ ދެކޮޅަށް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ތްރީ އޮން ތްރީ ބާސްކެޓު ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެއްޖެއެވެ.

ގޭމްސްގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ރާއްޖެއިން ނުކުތީ ޔޫގާންޑާއާ ދެކޮޅަށެވެ. އެ މެޗުގައި ޔޫގާންޑާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 20-07 އިންނެވެ. އޭގެ ގަޑިއިރެއްހާ ފަހުން ދެ ވަނަ މެޗުގައި ރާއްޖެއިން ނުކުތީ އީރާންއާ ދެކޮޅަށެވެ. އެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެއީ 21-04 އިންނެވެ.

ތްރީ އޮން ތްރީ ބާސްކެޓު ޓީމުގައި ހިމެނެނީ ރިޝްވާން މުޙައްމަދު، ޢަބްދުﷲ އަމްޒަރު މުޙައްމަދު، އިސްމާއިލް ވިލްދާން އަދި އަޙުމަދު އަލީ މުސްތަފާއެވެ. ބާސްކެޓު ޓީމުގެ ކޯޗަކީ ނަޒީފް އަޙުމަދު (ނަޒީ)އެވެ.

ގޭމުގައި ރާއްޖެއަށް ބާކީ ދެ މެޗު އަދި އޮންނާނެއެވެ. އެއީ އަންގާރަ ދުވަހު ކުޅޭ ދެ މެޗެވެ. އެއީ މޮރިޓޭނިއާ އާ ދެކޮޅަށް ކުޅޭ މެޗާއި، ގުޔާނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް