ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 09:38
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އޭސީ މިލާން
އިޓާލިއަން ލީގު
މޮޅަކާއެކު ޗެމްޕިއަން އޭސީ މިލާނުން ލީގު ފަށައިފި
 
އަމިއްލަ ދަނޑުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން މޮޅުވީ 4-2 އިން

އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން އޭސީ މިލާނުން މޮޅަކާއެކު ލީގު ފަށައިފިއެވެ.

ލީގުގައި އޭސީ މިލާނުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ނުކުތީ އުދިނޭޒީއާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އޭސީ މިލާން މޮޅުވީ 4-2 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އުދިނޭޒީ އިންނެވެ. މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރޮޑްރީގޯ ބެކާއޯއެވެ. އޭސީ މިލާނަށް މެޗުގެ ނަތީޖާ ހަމަހަމަވީ 12 ވަނަ މިނެޓުގައި ތެއޯ ހެނާންޑޭޒް ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ. އޭގެ ތިން މިނެޓު ފަހުން އަންޓޭ ރެބިޗް ވަނީ އޭސީ މިލާނަށް ލީޑު ނަގައިދީފައެވެ. ލީޑުގައި އޮވެ އޭސީ މިލާނުން ކުޅެމުން ދަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އުދިނޭޒީ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ އެޑަމް މަސީނާ ޖެހި ލަނޑަކުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އޭސީ މިލާނަށް އަލުން ލީޑު ނަގައިދިނީ ބްރަހިމް ޑިއާޒްއެވެ. އޭސީ މިލާންގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ޖެހީ ރެބިޗްއެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، އިންޓަރ މިލާނުން ވަނީ 2-1 އިން ލެޗޭގެ މައްޗަށް ކުރި ހޯދާފައެވެ. ޓޮރިނޯ ވަނީ 2-1 އިން މޮންޒާގެ މައްޗަށް ކުރި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް