ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 09:01
ގޭމްސްގައި ނާހިލް ވާދަކުރަނީ
ގޭމްސްގައި ނާހިލް ވާދަކުރަނީ
އެމްއޯސީ
އިސްލާމިކް ސޮލިޑަރިޓީ ގޭމްސް
އެތައް އަހަރެއް ކުރިން ހުސެއިން ހަލީމް ހަދާފައިވާ ލޯންގް ޖަމްޕް ރެކޯޑު ނާހިލް މުގުރާލައިފި
އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ލޯންގް ޖަމްޕް ފައިނަލްގައި ނާހިލް ވަނީ 6.71 މީޓަރު ދުރަށް ފުއްމާފަ

ޤައުމީ ޓީމުގެ ކުރީގެ އެތުލީޓު ހުސެއިން ހަލީމް ގާއިމުކޮށްފައިވާ ލޯންގް ޖަމްޕްގެ ރެކޯޑު ޒުވާން އިބްރާހިމް ނާހިލް ނިޒާރު މުގުރާލައިފިއެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ލޯންގް ޖަމްޕް ފައިނަލްގައި ނާހިލް ވަނީ 6.71 މީޓަރު ދުރަށް ފުއްމާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަ ހުސެއިން ހަލީމް ވަނީ 6.47 މީޓަރު ދުރަށް ފުއްމާފައެވެ. އެއީ 2009 ވަނަ އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައެވެ.

މިއަހަރުގެ މެއި މަހު އޮތް އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ނާހިލް ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުން ވިދާލި ނާހިލް އަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ނިސްބަތްވާ ދަރިވަރެކެވެ. އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ނާޙިލް ވަނީ ފަސް ރެކޯޑެެއް މުގުރާލާފައެވެ. މީގެ އިތުރުން ނާހިލް ވަނީ މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ވެސް ހޯދާފައެވެ.

ނާހިލްގެ މި ކާމިޔާބާއި ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. މިއަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ފާހަގަކޮށްލެވުނު ނާހިލްގެ އިތުރުން، އެ މުބާރާތުގައި ވާދަކުރި އެހެން އެތުލީޓުން ވެސް ވަނީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކޮށްފައެވެ.

- ކޮމެންޓް