ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 08:58
ޤައުމީ އަންހެން ރިލޭ ޓީމު
ޤައުމީ އަންހެން ރިލޭ ޓީމު
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ރިލޭ ޓީމުން އަނެއްކާވެސް ހަތަރެއް ގުނަ 100 މީޓަރުގެ ޤައުމީ ރެކޯޑު މުގުރާލައިފި
ހަތަރު ގުނަ 100 މީޓަރު ދުވުމުގެ ފައިނަލް ގައުމީ އަންހެން ރިލޭ ޓީމުން ނިންމީ 48.21 ސިކުންތުން

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ހަތަރު ގުނަ 100 މީޓަރު ދުވުމުގެ ރެކޯޑު ރާއްޖޭގެ އެތުލެޓިކްސް ޓީމުން މުގުރާލައިފިއެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ ހަތަރު ގުނަ 100 މީޓަރު ދުވުމުގެ ފައިނަލް ގައުމީ އަންހެން ރިލޭ ޓީމުން ނިންމީ 48.21 ސިކުންތުންނެވެ. މިއީ ދާދި ފަހުން އިނގިރޭސި ވިލާތުގެ ބާމިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގައި ގައުމީ އަންހެން ރިލޭ ޓީމުން ރޭސް ނިންމި ވަރަށްވުރެ އަވަސް ޓައިމިންގ އެކެވެ. ކޮމަންވެލްތު ގޭމްސްގައި ރޭސް ނިންމި ޓައިމިންގ އަކީ 49،19 ސިކުންތެވެ.

މި ރެކޯޑު ހެދި އެތުލެޓިކްސް ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އައިޝަތު ހިމްނާ ޙަސަން، ރިފާ އިބްރާހިމް، ލަޔާނާ މުޙައްމަދު އަދި މަރިޔަމް އަލްހާ ހުސެއިންނެވެ. މީގެ ތެރެއިން ލަޔާނާ ފިިޔަވައި ދެން ތިބި ތިން އެތުލީޓުންނަކީ އެންމެ ފަހުން ތިން ފަހަރު މި ރެކޯޑު އައު ކުރިއިރު، ޓީމުގައި ހިމެނުނު އެތުލީޓުންނެވެ.

ހަތަރު ގުނަ 100 މީޓަރުގެ އެއް ވަނަ ހޯދީ ގެމްބިއާއެވެ. ދެ ވަނަ ބަހްރޭން އިން ހޯދިއިރު، ތިން ވަނަ ލިބުނީ ތުރުކީއަށެވެ. ހަތަރު ވަނަ ދިޔައީ ރާއްޖެއަށެވެ. ހަ ޓީމު ވާދަކުރި ފައިނަލް ދެ ޓީމަކަށް ފުރިހަމަކުރެވިފައެއް ނުވެއެވެ. އެއީ މޮރޮކޯ އާއި އުޒްބަކިސްތާންއެވެ.

- ކޮމެންޓް