ކ. މާލެ
|
16 ޖޫން 2017 | ހުކުރު 19:13
ދަމާސް އާއި ޓެޕްކޮން ބައްދަލުކުރި މެޗުގެ ތެރެއިން
ދަމާސް އާއި ޓެޕްކޮން ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ރޮމްބަސް ކްރިކެޓް ކާނިވަލް
ރޮމްބަސް ކްރިކެޓް ކާނިވަލް: ބައިސަން އާއި ޓެޕްކޮން ފައިނަލަށް ދަތުރުކޮށްފި
ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު

ލ.ކުނަހަންދޫގައި ރަމަޟާން މަހަށް ހައްސަކޮށްގެން ކުރިޔަށްގެންދާ ރޮމްބަސް ކްރިކެޓް ކާނިވަލްގައި ބައިސަން އާއި ޓެޕްކޮން ފައިނަލަށް ދަތުރުކޮށްފި އެވެ.

ޓެޕްކޮން ޓީމު ފައިނަލަށް ދަތުރުކުރީ ދަމާސް ޓީމާ ވާދަކޮށް މޮޅުވެގެންނެވެ. ހުކުރު ދުވަހު ކުޅުނު މި މެޗުގެ ޓޮސް ދިމާވެގެން ޓެޕްކޮން ޓީމުން ގަސްތުކުރީ ކުޅޭށެވެ.

އެގޮތުން ޓެޕްކޮން ރިޕޯޓް އިން ވަނީ ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދާފައެވެ. ޓެޕްކޮން އިން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ހަލީމަތު ލައިސާ އެވެ.

ޖަވާބުގައި ދަމާސް ކުޅުންތެރިން ކުޅެން އަރާ 12 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 97 ލަނޑެވެ. ދަމާސް އިން އެންމެ ރަނގަޅަށް ކުޅުނީ ތިން އޯވަރު ތެރޭ 40 ލަނޑަށް ހަތަރު ވިކެޓު ނެގި ސުމެއްޔާ ބިންތް އަބްދުލް ހަމީދެވެ. އޭނާ ވަނީ ނުބައިނުވެ 23 ލަނޑު ހަދާފައެވެ. މީގެއިތުރުން އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ކުނަހަންދޫ ކްރިކެޓް ގްރައުންޑުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް