ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 14:55
އަލްވަރޭޒް
އަލްވަރޭޒް
ޑެއިލީ މެއިލް
ފެސްޓިވަލެއްގައި މީހަކު ދިރިހުއްޓާ ވަޅުލުން
ދިރިހުއްޓާ ވަޅުލި މީހަކު ސަންދޯއް ފަޅާލާފައި ނުކުމެއްޖެ
ދިރިހުއްޓާ ވަޅުލާފައި ވަނީ ވިކްޓަރ ހޫގޯ މިކާ އަލްވަރޭޒް މިކާ ކިޔާ މީހެއް
އޭނާ ވަޅުލާފައި ވަނީ ގުދުރަތީ ނިޒާމަށް ކުރާ ގުރުބާނީއެއް ކަމަށް ބުނެ
އޭނާ ވަޅުލާފައި ވަނީ ބޮލީވިއާގައި ބޭއްވި ފެސްޓިވަލެއްގެ ބައިވެރިން

ބޮލީވިއާގައި ދިރިހުއްޓާ ވަޅުލި މީހަކު ސަންދޯއް ފަޅާލާފައި ނުކުމެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަޅުލާފައި ވަނީ ބޮލީވިއާގައި ބޭއްވި ފެސްޓިވަލެއްގެ ބައިވެރިންނެވެ. އޭނާ ވަޅުލާފައި ވަނީ ގުދުރަތީ ނިޒާމަށް ކުރާ ގުރުބާނީއެއް ކަމަށް ބުނެއެވެ. އޭނާ ވަޅުލާފައި ވަނީ އެ ފެސްޓިވަލްގައި ގިނަ އަދަދަކަށް ރާ ބުއިމުގެ ސަބަބުން ހޭނެތުނު ވަގުތު ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާ ހިނގާފައި ވަނީ މަދަރ އާތް ފެސްޓިވަލްގެ ނަމުގައި ކުރިއަށްގެންދިޔަ ފެސްޓިވަލްއެއްގެ ތެރެއިންނެވެ.

ދިރިހުއްޓާ ވަޅުލާފައި ވަނީ ވިކްޓަރ ހޫގޯ މިކާ އަލްވަރޭޒް މިކާ ކިޔާ މީހެކެވެ. އޭނާ ބުނިގޮތުގައި އޭނާ އަށް ހޭލެވުނު އިރު އޭނާ އޮތީ ފެސްޓިވަލްގެ ބައިވެރިންނާއި 50 ވަރަކަށް މޭލުދުރުގައި ސަންދޯކަކަށް ލުމަށް ފަހު ވަޅުލާފައެވެ.

ހަނދާން ވަނީ އެނދުގައި އޮށޯތް ހަނދާން. ފެސްޓިވަލް އަށް ގޮސް ވަރަށް މަޖާކޮށް އުޅުނީ. ދެން ނޭނގެ ވީގޮތެއް. ހޭލެވުނު އިރު އޮތީ ސަންދޯކުގައި. އަތުން ޖަހާ ކޮއްޕައިގެން އޭގެ ބިއްލޫރިގަނޑު ފަޅާލެވުނީ
އަލްވަރޭޒް

މިފަދަ ފެސްޓިވަލްތަކުގައި ގުދުރަތީ ނިޒާމަށް ކުރާ ގުރުބާނީގެ ނަމުގައި މީހުން ވަޅުލުމަކީ ކޮށް އުޅޭ ކަމެކެވެ. މި ފެސްޓިވަލްގެ ބައިވެރިން ގުރުބާން ކުރާ ތަކެތީގެ ތެރޭގައި ޖަނަވާރުގެ އިތުރުން ގަސްގަހާގެހި އަދި ފޮނި ތަކެތި ހިމެނެއެވެ. އެހެންނަމަވެސް މީހުން ގުރުބާން ކުރުމުގެ އަމަލުތައް ހިންގަނީ ސިއްރުންނެވެ.

މި މައްސަލަ ބެލުމަށް އެ ސަރަހައްދުގެ ފުލުހުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ސަބަބަކީ ވަޅުލާފައި އޮއްވާ ސަލާމަތްވި އަލްވަރޭޒް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވުމުން އޭނާގެ ވާހަކައަށް ބަރޯސާ ވެވެން ނެތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް