މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އާދައިގެ ވަރަކަށް ކަނޑު މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެންމެ އުތުރު އަތޮޅުތަކަށް، އާންމުކޮށް ވެހޭވަރަށް އަދި އެހެން އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ބެލެވޭކަމަށެވެ. މިދުވަސްވަރު ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި އާންމު މިންގަނޑުގައި އަދި ދެކުނު އަތޮޅުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.