ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 23:49
ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް
ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް
ސޯޝަލް މީޑިއާ
ލަވަކިޔުންތެރިޔާ ހުޒާމު ނިޔާވުން
މަޝްހޫރު ލަވަކިޔުންތެރިޔާ ހުޒާމު ނިޔާވެއްޖެ
 
ހުޒާމު ނިޔާވީ ބެންގަލޫރުގައި ފަރުވާ ހޯދަމުން އަންނަނިކޮށް
 
ހުޒާމް ނިޔާވިއިރު އުމުރުން 48 އަހަރު

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ހުޒާމް ނިޔާވެއްޖެއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ހުޒާމު ނިޔާވީ ބެންގަލޫރުގައި ފަރުވާ ހޯދަމުން އަންނަނިކޮށް ބުރާސްފަތި ދުވަހުގެ ރެއެވެ.

ދ. ހުޅުދެއްޔަށް އުފަން ހުޒާމް ނިޔާވިއިރު އުމުރުން 48 އަހަރެވެ. ލަވައިގެ ދާއިރާގައި 2000ގެ ކުރީކޮޅުން ފެށިގެން ހުޒާމަކީ ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، "މުޅި ޖާން ހިތާ"، "ދޮންކަނބުލޯ ނިދާލާށޭ"، "ތުއްތު މޫނާ"، "ވަކިވީ ލޯބިން" އަދި "ތަދާވޭނުގާ" ހިމެނެއެވެ. މިލަވަތަކަކީ މިހާރުވެސް އާންމުންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.

ހުޒާމަކީ އިންޖީނިއަރިންގެ ރޮނގުން މެލޭޝިޔާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ، އެ ދާއިރާގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

ހުޒާމު ނިޔާވުމާއެކު އޭނާގެ ރަހުމަތްތެރިންނާއި ފަންނާނުން އަދި އާންމުންވެސް އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. އޭނާ ވަކިވެދިޔުމުގެ ހިތާމަ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
25%
3%
56%
6%
3%
6%
ކޮމެންޓް