ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 06:10
ކ.ގުޅީ ސްކޫލުގެ ހަ ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ތެރެއިން
ކ.ގުޅީ ސްކޫލުގެ ހަ ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ދެ ރަށެއްގެ ސްކޫލް އިމާރާތް ބޮޑުކުރުން
ދެ ރަށެއްގެ ސްކޫލް އިމާރާތް ބޮޑުކުރުމަށް ބަޔަކާ ހަވާލުކޮށްފި
ހއ.ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ވަނީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި
ކ.ގުޅީ ސްކޫލުގެ 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައި

ދެ ރަށެއްގެ ސްކޫލް އިމާރާތް ބޮޑުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެގޮތުން ހއ.ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ. މި މަސަައްކަތް ހަވާލުކޮށްފައިވަނީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަޝްރޫޢަކީ 13,734,711.88 (ތޭރަ މިލިއަން ހަތްލައްކަ ތިރީސް ހަތަރު ހާސް ހަތްސަތޭކަ އެގާރަ ރުފިޔާ އަށްޑިހައަށް ލާރި) ގެ މަޝްރޫޢެކެވެ.

މީގެއިތުރުން ކ.ގުޅީ ސްކޫލުގެ 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައިވެސް ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 16,641,056.19 (ސޯޅަ މިލިއަން ހަތް ލައްކަ ސާޅީސް އެއް ހާސް ފަންސާސް ހަ ރުފިޔާ ނަވާރަ ލާރީ) ގެ މަޝްރޫޢެކެވެ.

ސްކޫލްތަކުގެ ޖާގަ އިތުރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން 1150 ކްލާސްރޫމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި 196 ކްލާސްރޫމް ނިމިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް