ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 22:51
ޗާލްސްޑިގޯލް އެއާޕޯޓް
ޗާލްސްޑިގޯލް އެއާޕޯޓް
ސައުދީގެޒެޓް
އެއާޕޯޓް ސެކިއުރިޓީ
ފަރަންސޭސިވިލާތުގެ ޗާލްސް ޑިގޯލް އެއާޕޯޓްގައި ވަޅިއެއް ހޫރި މީހަކު ފުލުހުން މަރާލައިފި
ޗާލްސް ޑިގޯލް އެއާޕޯޓަކީ ފްރާންސްގެ އެންމެ ބޮޑު އެއާޕޯޓަށް ވާއިރު، އެތަނުން 237 މަންޒިލަކަށް ދަތުރުކުރޭ

ފަރަންސޭސިވިލާތުގެ ޗާލްސްޑިގޯލް އެއާޕޯޓްގެ ޓަރމިނަލެއްގައި ނުކިޔަމަންތެރިކަން ދައްކައި އަދި ވަޅިއެއް ނަގައި ހޫރަންފެށި މީހެއްގެ ގަޔަށް ފަރަންސޭސި ފުލުހުން ބަޑިޖަހައި މަރާލައިފިއެވެ. ޗާލްސްޑިގޯލް އެއާޕޯޓަކީ ވަރަށްވެސް ކާރޫބާރޫ ބޮޑު ތަނަކަށްވާއިރު، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފަރަންސޭސި ސަރުކާރުން ވަރަށް އިސްކަމެއްދެއެވެ. ޗާލްސް ޑިގޯލް އެއާޕޯޓަކީ ފަރަންސޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓަށްވާއިރު، ދުނިޔޭގެ 108 އެއާލައިނަކުން 237 މަންޒިލަކަށް އެތަނުން ދަތުރުކުރެއެވެ.

ފަރަންސޭސި ފުލުހުންގެ ކަމާބެހޭ ގޮފިން ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްފައިވާގޮތުގައި، މަރާލެވުނު މީހާއަކީ، ގެދޮރު ނެތްކަމަށް ބެލެވޭ ކަޅުމީހެކެވެ. ބުދަ ދުވަހު ހިނގި މިހާދިސާގައި އޭނާ ފުރަތަމަ ސެކިއުރިޓީ އޮފިސަރުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގަންފެށިއެވެ. އެއަށްފަހު އޭނާ އެތަނުން ދުރަށްލުމަށް ބޯޑަރު ފުލުހުންނަށް އެންގިކަމަށާއި، އެހެންނަމަވެސް ނުކިޔަމަންތެރިކަން ދައްކައި، ހުތުރު އެއްޗެތި ގޮވަމުން ދިޔައެވެ. އެއަށްފަހު ވަޅިއެއް ނަގައި ހޫރަންފެށިއެވެ. އެއާއެކު އިންޒާރުދިނުމަށްފަހު، ފުލުސް އޮފިސަރަކު އޭނާގެ ގަޔަށް ބަޑިޖެހީކަމަށް ބުނެފައިވެއެވެ. މިޚަބަރު އޭއެފްޕީގެ ފޮޓޯގްރާފަރަކުވެސް ވަނީ ރިޕޯޓްކޮށްފައެވެ. އޭނާ ބުނިގޮތުގައި ފުލުސްމީހާ ޖެހީ އެންމެ ޝޮޓެކެވެ.

ފަހަކަށްއައިސް އެއާޕޯޓްތަކާއި ރޭލު ސްޓޭޝަންތައް، އަދި ސްކޫލްތައްފަދަ ތަންތަނުގައި ވަޅިއާއި ބަޑީގެ ހަމަލާތައް ދެމުން ގެންދާތީ، ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮން އެއާޕޯޓްތަކުގެ ސެކިއުރިޓީއަށް ޚާއްސަ ސަމާލުކަމެއް ދޭން ވަނީ މަޖުބޫރުވެފައެވެ.

ޓުއަރިސްޓުންގެ މެދުގައި މަގުބޫލު ބިނާއެއްކަމަށްވާ ފަރަންސޭސި އައިފަލް ޓަވަރަށްވެސް ހަމަލާދޭނެކަމުގެ އިންޒާރު ދޭތެރެދޭތެރެއިން ޓެރަރިސްޓުން ދެމުން އާދެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް