ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 05:52
ރާއްޖޭގެ ހިމްނާ ހަސަން
ރާއްޖޭގެ ހިމްނާ ހަސަން
އެމްއޯސީ
އިސްލާމިކް ސޮލީޑާރިޓީ ގޭމްސް
200 މީޓަރުގެ ޤައުމީ ރެކޯޑެއް ހިމްނާ މުގުރާލައިފި
ކުރިން މި ރެކޯޑު އޮންނަނީ 2016 ވަނަ އަހަރު އޮލިމްޕިކްސް ގޭމްސްގައި ރެކޯޑު ހެދި އައިޝަތު އަފާގެ އަތުގައި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އެތުލެޓިކްސް 200 މީޓަރު ދުވުމުގައި ދުވެ، ރާއްޖޭގެ ހިމްނާ ހަސަން ޤައުމީ ރެކޯޑެއް މުގުރާލައިފިއެެވެ.

ތުރުކީގެ ކޮންޏާގައި ބުދަ ދުވަހު ކުރިއަށް ދިޔަ 200 މީޓަރުގެ ދުވުމުގައި ހިމްނާ ވަނީ ދެ ވަނަ ހީޓުގައި ދުވެފައެވެ. ހިމްނާ ހީޓު ނިންމާފައިވަނީ 24.66 ސިކުންތުންނެވެ. ހިމްނާ ދިޔައީ ހީޓުގެ ފަސް ވަނަ އަށެވެ.

މީގެ ކުރިން އަންހެން 200 މީޓަރުގެ ރެކޯޑު އޮންނަނީ 2016 ވަނަ އަހަރު އޮލިމްޕިކްސް ގޭމްސްގައި ރެކޯޑު ހެދި އައިޝަތު އަފާގެ އަތުގައެވެ. އެ އަހަރު އަފާ ރޭސް ނިންމި ރެކޯޑަކީ 24.96 ސިކުންތެވެ. ހިމްނާގެ މި ކާމިޔާބާ ގުޅިގެން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވަނީ ހިމްނާ އަށް މަރުހަބާ ކިޔައިފައެވެ.

ހިމްނާ ވަނީ ދާދި ފަހުން ނިމުނު ކޮމަންވެކްތު ގޭމްްސްގައި ވެސް ޤައުމީ ރެކޯޑެއް މުގުރާލާފައެވެ. އެއީ 100 މީޓަރުގެ ދުވުމުގެ ރެކޯޑެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ 200 މީޓަރުގެ ދުވުމުގެ ފުރަތަމަ ހީޓުގައި ރިފާ މުޙައްމަދު ވަނީ ވާދަކޮށްފައެވެ. މި ހީޓުގައި ދުވެ ރިފާ ރޭސް ނިންމީ 26.09 ސިކުންތުންނެވެ. ޖުމުލަ އަށް ދުވުންތެރިން ދުވި މި ހީޓުގައި ރިފާ ދިޔައީ ހަ ވަނަ އަށެވެ.

- ކޮމެންޓް
11 އޯގަސްޓް 2022 | ބުރާސްފަތި 09:56
ލާމު
ދެ ސުވާލެއް. އެހާ ބޮޑު ޚަރަދުކޮށްގެން ގޮސް އޮލިމްޕިކަށްވެސް އެބަދޭ. ދުވަހަކުވެސް އޮލިމްޕިކްގައި 'ކޮލިފައިން' ރައުންޑް ނޫން ރައުންޑެއްގައި ދިވެހިޓީމަށް ވާދަ ކުރެވިއްޖެތޯ. ސާއިދު 1 ވަނަ ހޯދި ފަހަރު ފިޔަވާ ދުވާ ދިވެހި އެތުލީޓު އެދުވި ރޭސް ނިންމުނީ ކިތައްވަނަ ނޫސްތަކުން ހާމަ ނުކުރަނީ ކީއްވެތޯ؟