ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 07:06
ހަންބަންޓޯޓާ ޕޯޓް
ހަންބަންޓޯޓާ ޕޯޓް
ގެޓީ އިމޭޖަސް
ޗައިނާގެ ބޯޓު
ޗައިނާގެ ބޯޓު ބަނދަރާއި ކައިރިކުރުން ފަސްކުރަން ލަންކާއިން އެދިއްޖެ
ބަނދަރާއި ކައިރި ކުރަން އުޅުނީ ތެޔޮ އެޅުމަށް

ޗައިނާގެ މަނަވަރު ޔުއާންގް ވާންގް 5 ހަމްބަންޓޯޓާ ބަނދަރާ ކައިރި ކުރުން ފަސްކޮށްދޭން އެދުނުކަން ސްރީލަންކާގެ ސަރުކާރުން ހާމަކޮށްފިއެވެ.

ލަންކާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރަށް ޔުއާން ވާންގް 5 ކައިރި ކުރަން ހަމަޖެހިފައި އޮތީ އޯގަސްޓް 11 ވަނަ ދުވަހު ތެޔޮ އެޅުމަށް ކަމަށާއި އެ ބަނދަރުން ފުރުމަށް ހަމަޖެހިފައި އޮތީ އޯގަސްޓް 17 ވަނަ ދުވަހު ކަމަށެވެ.

ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ މަނަވަރުގެ ދަތުރު ފަސްކުރަން ލަންކާއިން އެދުނީ އިންޑިއާގެ ނުފޫޒުންނެވެ. އެއީ ދިރާސާ ކުރުމަށް ހާއްސަ ބޯޓެއް ނަމަވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ ޖާސޫސީ މަސައްކަތް ވެސް އެ ބޯޓުން ކުރެއެވެ.

ޗައިނާއިން ލަންކާގައި ބިނާކޮށް، ހިންގަމުންދާ ހަމްބަންޓޯޓާ ބަނދަަރަކީ އަަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވެ އެވެ. ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގަައިވާ މައި ޝިޕިން ރޫޓް ކަައިރީގައި އޮންނަ ބަނދަރެކެވެ.

- ކޮމެންޓް