ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 07:55
ޕިއޭ އެމެެރިކް އޮބާމަޔަން
ޕިއޭ އެމެެރިކް އޮބާމަޔަން
ޓްވިޓަރ
ޓްރާންސްފާ މާކެޓު
އޮބާމަޔަން ހޯދުމަށް ޗެލްސީން މަސައްކަތް ކުރަނީ
 
އެކަމާ ގުޅޭ މަޝްވަރާތައް ޗެލްސީ އާއި އޮބާމަޔަންއާ ދެމެދު ކުރެވުނު ނަމަވެސް، ރަސްމީ އެއްވެސް ބިޑެއް އަދި ނުކުރޭ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޕިއޭ އެމެެރިކް އޮބާމަޔަން ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އާސެނަލްގައި ހުރުމަށް ފަހު އޮބާމަޔަން ބާސެލޯނާއަށް ބަދަލުވީ މިއަހަރުގެ ކުރީ ކޮޅުއެވެ. އެ ޓީމަށް ބަދަލުވެ އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އޮބާމަޔަން އަކީ މުހިންމު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ޒަވީ ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޮބާމަޔަން ހޯދަން ބޭނުންވާކަން އެ ކުލަބުން ވަނީ އޭނާ ގާތު ބުނެފައެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ޗެލްސީ އާއި އޮބާމަޔަންއާ ދެމެދު ކުރެވުނު ނަމަވެސް، މިހާތަނަށް ރަސްމީ އެއްވެސް ބިޑެއް ބާސެލޯނާއަށް ހުށަހަޅާފައިނުވާކަމަށް ރިޕޯޓުތަކުގައިވެއެވެ. ވާހަކަތައް ދެކެވުނު ނަމަވެސް، މިހާތަނަށް އަދި އޮބާމަޔަން ހޯދުމަށް ޗެލްސީން ހަރަދުކުރާނެ އަދަދަކާއި އޭނާއަށް ދޭނެ މުސާރައެއް ހާމަވެފައެއް ނެތެވެ.

އައު ސީޒަނާއެކު ބާސެލޯނާއިން ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ހޯދާފައިވާތީ، އެކުލަބުން ވަނީ ބައެއް ކުޅުންތެރިން ދޫކޮށްލަން ނިންމާފައެވެ. ނަމަވެސް، އެކުލަބުން ދޫކޮށްލަން ނިންމި ކުޅުންތެރިންގެ ތެރޭގައި އޮބާމަޔަންއެއް ނުހިމެނެއެވެ. އޮބާމަޔަން ވިއްކާލުމުގެ ވިސްނުން ބާސެލޯނާއިން ނުގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮބާމަޔަން މިހާރު ވެސް އަންނަނީ ބާސެލޯނާއާއެކު އައު ސީޒަނަށް ތައްޔާރުވަމުންނެވެ. އެގޮތުން ސީޒަން ހުޅުވުމުގެ ގޮތުން ޕޫމާސްއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުގައި އޭނާ ވަނީ ކުޅެ، ލަނޑު ވެސް ޖަހާފައެވެ. އޮބާމަޔަން ވަނީ މިހާތަނަށް ބާސެލޯނާއަށް ކުޅެދިން 23 މެޗުގައި 13 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
33%
0%
0%
ކޮމެންޓް