ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 15:21
ބާސެލޯނާގެ މިޑްފީލްޑަރ ފްރެންކީ ޑިޔޯންގ
ބާސެލޯނާގެ މިޑްފީލްޑަރ ފްރެންކީ ޑިޔޯންގ
ގެޓީ އިމޭޖަސް
ޓްރާންސްފަރ
ޑި ޔޯން ބޭނުންވަނީ ބާސާގައި މަޑުކުރަން- ލަޕޯޓާ
 
މެންޗެސްޓަރ ޔުނައިޓެޑުން ޑި ޔޯން ގެންދަން ބޭނުންވޭ

ނެދަލެންޑްސްގެ މިޑްފީލްޑަރ ފްރޭންކީ ޑި ޔޯން ބޭނުންވަނީ ކްލަބުންވެސް އެދޭގޮތަށް ބާސެލޯނާގައި މަޑުކުރަންކަމަށް ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ހޯދަން މަސައްކަތްކުރަމުން އަންނަ 25 އަހަރުގެ މިޑްފީލްޑަރ ވަނީ އެންމެ ފަހުން ބާސެލޯނާ ޕޫމާގެ މައްޗަށް ބޮޑު މޮޅެއް ހޯދި މެޗުގައި ލަނޑެއް ޖަހާފައެވެ. އޭނާ ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެއެވެ. ލަޕޯޓާ ވިވާޅުވީ ޑި ޔޯން އަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށާއި, ކްލަބުންވެސް އެދެނީ އޭނާ މަޑުކުރަންކަމަށެވެ. ހުށަހެޅުންތަކެއް އޭނާއަށް ލިބިފައިވާކަމަށާއި އެކަމަކު ކުޅުންތެރިޔާވެސް ކްލަބުންވެސް ބޭނުންވަނީ ޑި ޔޯން ބާސާގައި މަޑުކުރަންކަމުގެ ޔަޤީންކަން ލަޕޯޓާ ދެއްވިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރިން ޗެލްސީންވެސް ވަނީ ޑި ޔޯން ހޯދަން މަސައްކަތްކޮށްފައެވެ. އެކަމަކު އެރިކް ޓެން ހާގްގެ ސަމާލުކަން ޑި ޔޯންއަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ޑި ޔޯން ކްލަބްގައި މަޑުކުރާނަމަ އެކަން ކުރެވޭނީ މުސާރަ ކުޑަކުރަން އެއްބަސްވެގެންނެވެ. އެއީ ފައިނޭޝަލް އުޞޫލަށް ފެއްތުމަށް މުސާރަތައް ކުޑަކުރަން ޖެހޭތީއެވެ, އެހެން ނޫންނަމަ އަލަށް ގެނައި ކުޅުންތެރިންވެސް ކްލަބްގައި ރަޖިސްޓްރީ ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް