ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 08:52
އިސްކޯ
އިސްކޯ
ޓްވީޓަރ
އިސްކޯ ރެއާލް ދޫކޮށްލުން
ރެއާލް ދޫކޮށް އިސްކޯ ސެވިއްޔާއަށް
 
އިސްކޯ ސެވިއްޔާއަށް ބަދަލުވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ރެއާލް މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު އިސްކޯ އެ ޓީމު ދޫކޮށް، ސެވިއްޔާއަަށް ބަދަލުވެއްޖެއެވެ.

ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އިސްކޯ ސެވިއްޔާއަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން ސެވިއްޔާއި އިސްކޯ މަޑުކުރާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ސެވިއްޔާއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގައެވެ. ޓީމު ބަދަލުވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ހެދުމުގެ ކަންތައް ހޯމަ ދުވަހުގެ ވަގުތެއްގައި ކުރިއަށްދާނެއެވެ. އިސްކޯ ހޯދުމުގެ ގޮތުން އޭނާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ސެވިއްޔާއިން މިހާރު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

މަލަގާ ދޫކޮށް 2013 ވަނަ އަހަރު ރެއާލަށް ބަދަލުވެ އިސްކޯ ވަނީ އެ ޓީމަށް 353 މެޗު ކުޅެދީ 53 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގު، ކޮޕަ ޑެލްރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފަ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އިސްކޯ އަކީ އެންމެ ގިނަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އިސްކޯ އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެމުންނެވެ. އެގޮތުން މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 38 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް