ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 08:33
ޓިމޯ ވާނާ
ޓިމޯ ވާނާ
ޓްވީޓަރ
ވާނާ ޗެލްސީ ދޫކޮށްލުން
ޗެލްސީ ދޫކޮށް ވާނާ އަލުން އެނބުރި ލެއިޕްޒިގަށް
ލޯނު އެއްބަސްވުމުއްގެ ދަށުން ވާނާ ހޯދުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް، ލެއިޕްޒިގުން އޭނާ ހޯދާނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން

ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ އިތުބާރު ފޯވާޑް ޓިމޯ ވާނާ އޭނާގެ ކުރީގެ ކުލަބް ލެއިޕްޒިގަށް ބަދަލުވާން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ލެއިޕްޒިގުން ވަރަށް އަވަަހަށް ވާނާގެ ސޮއި ހޯދާނެއެވެ. ލެއިޕްޒިގަށް ބަދަލުވާން މީގެ އެއް މަސް ދުވަސް ކުރިން ވާނާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލޯނު އެއްބަސްވުމުއްގެ ދަށުން ވާނާ ހޯދުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް، ލެއިޕްޒިގުން އޭނާ ހޯދާނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ވެސް ވާނާ ވަނީ ލެއިޕްޒިގަށް ކުޅެފައެވެ. 2016 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކުޅުމަށްފަހު، އޭނާ ޗެލްސީއަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭރު ވާނާ ވަނީ ލެއިޕްޒިގަށް 159 މެޗު ކުޅެދީ 95 ލަނޑު ޖަހާފައެވެ. ޗެލްސީއަށް ބަދަލުވެ. މިހާތަނަށް އޭނާ ވަނީ އެ ޓީމަށް 89 މެޗު ކުޅެދީ، 23 ލަނޑު ޖަހައިދީފައެވެ.

ޗެލްސީއާއެކު ވާނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ރަނަރަޕްކަން ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ރަނަރަޕްކަން ހޯދާފައިވެއެވެ ޖަރުމަނުގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ވާނާ ވަނީ ޤައުމީ ޓީމަށް 53 މެޗު ކުޅެދީ 24 ލަނޑު ޖަހައިދީފައެވެ. ޖަރުމަނާއެކު އޭނާ ވަނީ 2017 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް