ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 08:00
ރެކޯޑު އައުކުރި އެތުލެޓިކްސް ޓީމް
ރެކޯޑު އައުކުރި އެތުލެޓިކްސް ޓީމް
އެތްލެޓިކްސް އެސޯސިއޭޝަން
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސްގައި އަންހެން ރިލޭ ޓީމުން ޤައުމީ ރެކޯޑެއް އައުކޮށްފި
 
އަންހެން ޓީމުން ރެކޯޑު އައުކޮށްފައިވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ދުވުމުން

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަަށް ދިޔަ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓުގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ.

އަންހެން ޓީމުން ރެކޯޑު އައުކޮށްފައިވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ދުވުމުންނެވެ. އަލެކްސަންޑް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ރޭހުގައި ވާދަކޮށް، މަރިޔަމް އަލްހާ ހުސެއިން، އާމިނަތު ލަޔާނާ މުހައްމަދު، އައިޝަތު ހިމްނާ ހަސަން އަދި ރިފާ އިބްރާހިމް ވަނީ އެއް ވަނަ ހީޓުގައި ވާދަކޮށް 49.19 ސިކުންތުން ރޭސް ނިންމާފައެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި އެތުލީޓުން ވަނީ 50.16 އިން ރޭސް ނިންމައިގެން ގައުމީ ރެކޯޑު ހަދާފައެވެ. އެފަހަރުގެ ޓީމުގައި ހިމެނުނީ ރިފާ، ހިމްނާ، އަލްހާ އަދި ސާރާ މައްސޫދެވެ. މިއަހަރު އެ ރެކޯޑު އައު ކުރި ޓީމުގައި ސާރާ ނުހިމެނެއެވެ. ސާރާގެ ބަދަލުގައި ހިމެނުނީ، ލަޔާނާއެވެ.

މި ރެކޯޑާއެކު ކޮމަންވެލްތު ގޭމްސްގައި އެތުލެޓިކްސް ޓީމުން ހެދި ރެކޯޑުގެ އަދަދު ވަނީ ދޭކަށް އަރާފައެވެ. މީގެ 21 އަހަރު ކުރިން ވޯލްޑް ޗެމްޕިއަންޝިޕްގައި ސަމްހާ އަހުމަދު ހަދާފައިވާ ރެކޯޑެއް ހިމްނާ ވަނީ މުގުރާލާފައެވެ. އެއީ އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑެކެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމަށްފަހު، ރާއްޖޭގެ އެތުލީޓުން މިހާރު ތިބީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވުމަށް ތުރުކީގެ ކޮންޏާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް