ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 06:21
އިސްރާއިލުން ދިން ހަމަލާ ގައި ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ
އިސްރާއިލުން ދިން ހަމަލާ ގައި ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ
ސީއެސްއެމް ޓައިމްސް
އިޒްރޭލުން ފަލަސްތީނަށް ހަމަލާދިނުން
އިސްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 43 އަށް އަރައިފި
އިސްރާއިލުން ދިން ހަމަލާތަކުގައި ޝަހީދު ވި މީހުންގެ އަދަދު 43 އަށް ވަނީ އަރާފައި
އިސްރާއިލުން ހަމަލާ ދެނީ ގާޒާގައި ތިބި ޖަމާއަތްތަކުން ހަމަލާދީފާނެ ކަމަށްބުނެ
އިސްރާއިލުން ހަމަލާދޭން ފެށީ ގާޒާ ބަންދު ކުރުމަށްފަހު

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 43 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

އެ ޤައުމުގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއިލުން ދެމުން އަންނަ ވައިގެ ހަމަލާތަކުގައި ޝަހީދުވި 43 މީހުންގެ ތެރޭގައި 15 ކުޑަކުދިންނާއި ހަތަރު އަންހެނުން ހިމެނެއެވެ. މި ހަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއިލުން ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ދެ ކޮމާންޑަރަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

ގާޒާއަށް އިސްރާއިލުން ވައިގެ ހަމަލާތައް ދެމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ބަންދުކުރުމަށްފަހުއެވެ. ސަބަބެއް ކަމަށް އިސްރާއިލުން ބުނަނީ މި މަހުގެ ފުރަތަމަ ދުވަހު އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ބައްސާމް އައްސާދީ ހައްޔަރުކުރުމާގުޅިގެން ފަލަސްތީނުުގެ ޖަމާއަތްތަކުން ހަމަލާތައް ދީފާނެ ކަމަށް ލަފާ ކުރެވުމެވެ.

އިސްރާއިލުން ގާޒާއަށްދިން މިހަމަލާތަކާ ގުޅިގެން އިސްލާމިކް ޖިހާދު ގްރޫޕުން ވަނީ، އެ ހަމަލާތަކުގެ ބަދަލުގައި ރޮކެޓް ހަމަލާ ދީފައެވެ. އެ ގްރޫޕުން ބުނެފައިވާގޮތުގައި އިސްރާއިލުގެ ތެލްއަވީވް ހިމެނޭހެން ގިނަ ސިޓީތަކަށް 500 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ވަނީ ދީފައެވެ. ނަމަވެސް މިހަމަލާތަކުގައި އިސްރާއިލްގެ ރައްޔިތަކު މަރުވެފައެއް ނުވެއެވެ.

މިއީ އިސްރާއިލް އާއި ހަމާސް ޖަމާއަތާއި ދެމެދު 2021 ވަނަ އަހަރުގެ މެއި މަހު ހިނގި ހަމަނުޖެހުންތަކަށްފަހު މިފަދަ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މެއިމަހު އިސްރާއިލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 250އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭ ގޮތުން ހޯމަ ދުވަހުގެ ފަތިހުގެ ޚަބަރުތައް ބުނާ ގޮތުން "ސީޒްފަޔަރ" ނުވަތަ ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސް ވުމަކަށް ދެފަރާތުންވެސް އަދި ދަނީ އަމަލު ކުރަމުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް