ކ. މާލެ
|
16 ޖޫން 2017 | ހުކުރު 09:58
އޯޕަން ޓޭޕް ބޯލް ބައިގެ ޗެމްޕިއަން ޓީމް ވަންއޯވަން
އޯޕަން ޓޭޕް ބޯލް ބައިގެ ޗެމްޕިއަން ޓީމް ވަންއޯވަން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވަލް
ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި
ވަންއޯވަން އިން ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއިއެކި 4.5 އޯވަރުގެ ތެރޭގައި 75 ލަނޑު ހަދައިގެން
ޝުގާރ ކޯންއަށް 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 73 ލަނޑު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގައި، ފަސޭހަ ކަމާއެކު ޝުގާރ ކޯން ބަލިކުރުމަށް ފަހު ވަންއޯވަންއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އަރާފައިވަނީ ޝުގާރ ކޯން އިންނެވެ. އެޓީމުން 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 73 ލަނޑެވެ. ޖަވާބިގައި ކުޅެން އަރާ ވަންއޯވަން އިން ވަނީ 4.5 އޯވަރުގެ ތެރޭގައި އެއްމެ ކުޅުންތެރިއަކުވެސް  ނުބައިނުވެ 75 ލަނޑު ހަދައި ފަސޭހަ ކަމާއިއެކު މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑުހެދި އަހްމަދު ޝާހިދެވެ.

މިބައިގެ ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އަލްފާޞިލް މައްލާ އަހްމަދު ނާސިރެވެ. ޗެމްޕިއަން ޓީމަށް -/8,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު، ދެވަނަ ޓީމަށް ވަނީ -/4,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. މިބައިގެ އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކްލަބުގެ އަބްދުﷲ ޝާހިދެވެ. އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް އައިލެންޑް އޭވިއޭޝަންގެ ޖިލްވާޒް ރަޝީދު ހޮވުނުއިރު މޯސްޓް ވެލިއުބަލް ޕްލޭޔަރ އަކަށް ހޮވުނީ ޓީމް ޝިގާރ ކޯންގެ އަބްދުﷲ އަފީފް އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް ޓޭޕްބޯލް އައި އޯޕަން ޓޭޕްބޯލް ބައިގެ ކުޅުން ނިމިފައި ވާއިރު، ހުކުރު ދުވަހު އިންޓާ ކޮމްޕެނީ ބައިގެ ކުޅުން ވަނީ ފަށާފައެވެ. ޖުމަލް 12 ޓީމަކުން ބައިވެރިވެފައިވާ މި ބައިގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. މި ބައިގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ. މިބައިގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް