ކ. މާލެ
|
16 ޖޫން 2017 | ހުކުރު 09:28
ޖިހާދީން ދިން ހަމަލާތަކަކާ ގުޅިގެން ފްރާންސްގައި އަދިވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި
ޖިހާދީން ދިން ހަމަލާތަކަކާ ގުޅިގެން ފްރާންސްގައި އަދިވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި
ބީބީސީ
ޓެރަރިޒަމް
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
މިއީ ޖެހިޖެހިގެން އިތުރުވި ތިން ވަނަ ފަަހަރު

އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ޔޫރަޕުގައި  ހައްޔަރު ކުރި މީހުންގެ އަދަދު މިދިޔަ އަހަރުވެސް އިތުރުވެފައިވާ ކަމަށް، އީޔޫގެ ކުށްއް މޮނިޓާކޮށް އަދި މަދުކުރުމަށް މަސައްކަތް ކުރާ އިދާރާ ނުވަތަ ޔޫރަޕްގެ ފުލުހުންގެ އިދާރާ، ޔޫރޮޕޮލް އިން ބުނެފިއެެވެ.

އިސްލާމް ދީނާ ގުޅުވައިގެން ހައްޔަރު ކުރާ މީހުންގެ އަދަދު 2016 ގައި އިތުރުވިއިރު މިއީ ޖެހިޖެހިގެން އިތުރުވި ތިން ވަނަ ފަަހަރެވެ. ޔޫރޮޕޮލް އިން އަހަރަކު އެއްފަހަރު ނެރޭ "އީޔޫ ޓެރަރިޒަމް ސިޓުއޭޝަން އެންޑް ޓްރެންޑް ރިޕޯޓް" ގައި ބުނީ މިިދިޔަ އަހަރު 718 މީހުން ހައްޔަރު ކުރެވުނު ކަމަށާއި 2015 އަހަރު 687 މީހުން ހައްޔަރު ކުރެވުނު ކަމަށެވެ. އަދި 2014 ވަނަ އަހަރު 395 މީހުން ހައްޔަރު ކުރެވުނު ކަމަށެވެ.

މި އަދަދުތައް މިހެން ހުރި ކަމުގައި ވިޔަސް ހަނގުރާމަވެރިން ދީފައިވާ ހަމަލާތައް 2016 ގައި މަދުވެފައިވާ ކަން ރިޕޯޓުގައި ފާހަނގަކޮށްފައިވެއެވެ. އެގޮތުން 2015 ގައި ހަނގުރާމަވެރިން 17 ހަމަލާ ދީފައިވާއިރު 2016 ގައި ދީފައި ވަނީ 13 ހަމަލާއެވެ. އަދި މި 13 ހަމަލާގެ ތެރެއިން ހަ ހަމަލާ ގުޅިފައި ވަނީ އިސްލާމިކް ސްޓޭޭޓް (އައިއެސް) އާއި ކަމަށް ރިޕޯޓުގައި ބުނެފަައިވެއެވެ.

މިއަހަރު ޔޫރޮޕޮލްް އިން ނެރުނު ރިޕޯޓުގައި ބުނީ 2016 ވަނަ އަހަރު މުޅި ޖުމްލަ 142، "ނާކާމިޔަބު، ފޮއިލް، ކާމިޔާބު" ހަމަލާ އީޔޫގެ އަށް މެމްބަރު ގައުމަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ހަމަލާތަކުގައި ތަފާތު ގްރޫޕްތައް ހިމެނޭ އިރު އޭގެ ތެރޭގައި ޖިހާދީން، ނެޝަނަލިސްޓުން އަދި އެހެނިހެން ގްރޫޕްތައް ހިމެނޭ ކަަމަށެވެ. ރިޕޯޓުގައި ބުނީ 2016 ގައި ޔޫރަޕުގައި ޓެރަރިސްޓް ހަމަލާތަކުގައި 142 މީހުން މަރުވި ކަމަށާއި އަދި 379 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. 

ރިޕޯޓުގައި އަންހެނުންނާއި ބެހޭ ގޮތުން ބުނެފައި ވަނީ ޖިހާދީ ހަމަލާތަކުގައި އަންހެނުން ކުޅޭ ރޯލް އިތުުރުވަމުން ދާ ކަަމަށެެވެ. 

62 ސަފްހާގެ ރިޕޯޓާއި ބެހޭގޮތުން އީޔޫގެ ސެކިޔުރިޓީ ކޮމިޝަނާ ޖޫލިއަން ކިންގް ވިދާޅުވީ، އީޔޫގެ ގައުމުތަކުގެ މެދުގައި އިންޓެލިޖެންސް ޝެއާ ކުރުމާއި އަދި އެއްބައިވަންތަކަން މިހާރަށް ވުރެ ބޮޑަށް ބޭނުންވާ ކަން ހާމަވާ ކަމަށެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް