Advertisement
ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 18:28
ޝިއާއު މުހައްމަދު ސައީދުގެ މަރާގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝިއާއު މުހައްމަދު ސައީދުގެ މަރާގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
މާލޭގައި މީހަކު މަރާލުން
ހަމަލާދިނުމަށް ބޭނުންކުރި ހަތިޔާރުތައް ހޯދާފައިވޭ: މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް
ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވޭ
ހެކި ރައްކާތެރިކޮށް، ވަގުތުން ތަހުގީގު ފެށި

ހ. ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ހޮނިހިރު ދުވަހުގެ ރޭ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ބޭނުންކުރި ހަތިޔާރުތައް ހޯދާފައިވާކަމަށް، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިއާއު މުހައްމަދު ސައީދުގެ މަރާގުޅޭ މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވިދާޅުވީ، ހ. ޝީރީންވިލާގައި މީހަކު މަރާލާފައި އޮތްކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:28 ހާއިރުކަމަށެވެ. އަދި ހަތަރު ވަރަކަށް މިނެޓްގެ ތެރޭގައި ފުލުހުން ސީންއަށް ދިޔަކަމަށެވެ. ޝިއާއު މަރާލުމަށް ބޭނުންކުރި ހަތިޔާރުތައް ފުލުހުން ހޯދާފައިވާއިރު، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އިތުރު ތަފްސީލު ހާމައެއްނުކުރެއެވެ.

Advertisement

އެތަނަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމުން ހެކި ރައްކާތެރިކޮށް، ވަގުތުން ތަހުގީގު ފެށިކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ، އަންހެންކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާކަމަށެވެ. ޝުއާއުގެ ފަރާތުން މީގެކުރިން ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

އަންހެން ކުއްޖާ އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު، އަންހެން ކުއްޖާގެ އާއިލާގެ އެދުމަކަށް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހާމަނުކުރަން ފުލުހުން ނިންމާފައިވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. ފުލުުހުން ބުނީ މިހާތަނަށް އައިއިރު ބައެއް މީޑިއާތަކުން އަންހެން ކުއްޖާގެ މަރާގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތައްވެސް ފަތުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި އެގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް