ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 13:02
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ އަދި މެސީ
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ އަދި މެސީ
ޓްވީޓަރ
ފްރާންސް ލީގު
ގަލްޓިއޭގެ ތައުރީފު މެސީއަށް: "މެސީ ހިނިތުންވުމުން މުޅި ޓީމު ހިނިތުންވޭ"
 
މެސީއަށް އޭނާގެ ރޯލު ސާފުވޭ، މެސީ ބޭނުންވަނީ އޭނާއާއެކު ވަށައިގެން ތިބޭ ޓީމުގެ ކުޅުންތެރިންނާއެކު ކުޅެން

ފްރާންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ކްލާމެންޓް ފޫޓާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނެލް މެސީ ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

ލީގުގައި ޕީއެސްޖީން 5-0 އިން މޮޅުވީއިރު, އެ މެޗުގައި މެސީ ވަނީ ދެ ލަނޑު ޖަހައި، އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އެ މެޗުގައި ބައިސިކަލް ކިކަކުން މެސީ ޖެހި ހިތްގައިމު ލަނޑަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ، މެސީ ރަނގަޅަށް ކުޅޭ ނަމަ، މުޅި ޓީމަށް ވެސް ރަނގަޅަށް ކުޅެވޭ ކަމަށެވެ. އޭނާ ބުނީ، ސީޒަންގެ ކުރިން ޖަޕާންގައި ކޭމްޕު ކުރި އިރު މެސީއާ ވާހަކަ ދެއްކި ކަމަށާއި، ޓީމާއެކު މެސީއަށް އެންމެ ރަނގަޅަށް ކުޅެވޭނެ ގޮތްތަކަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށެވެ. ގަލްޓިއޭ ބުނީ މެޗުގައި ކުޅެމުންދާ ވަގުތުގައި މެސީއަށް އޭނާގެ ރޯލު ސާފުވާ ކަމަށާއި، މެސީ ބޭނުންވަނީ އޭނާއާއެކު ވަށައިގެން ތިބޭ ޓީމުގެ ކުޅުންތެރިންނާއެކު ކުޅެން ކަމަށެވެ.

އިތުރަށް ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ، ޕީއެސްޖީގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. ގަލްޓިއޭ ބުނީ ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

މިދިޔަ ސީޒަންގައި ޕީއެސްޖީއާއެކު މެސީއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މިފަހަރުގެ ޕްރީ ސީޒަނުން ފެށިގެން ލީގުގެ ފުރަތަމަ މެޗުގައި ވެސް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
50%
0%
0%
0%
0%
ކޮމެންޓް