ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 11:20
ފަލަސްތީނުގެ އިސްލާމިކް ޖިހާދަށް ދެކޮޅަށް ކަމަށް ބުނެ ޣައްޒާގައި، ޔަހޫދީ އިޒްރޭލުން ހިންގާ ކެމްޕޭން އޯގަސްޓް 6 ވަނަ ދުވަހުވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަ
އިޒްރޭލު ޣައްޒާ އުދުވާން
އިޒްރޭލު ޣައްޒާ އުދުވާން: ނުކުޅެދޭ 4 ދަރިންނާއެކު ސަލާމަތްވާން ލިބުނީ އެންމެ 15 މިނެޓް!
 
އިޒްރޭލުން ބުނާ ގޮތުގައި، ހަމަލާ ދޭން ފެށީ، އިސްލާމިކް ޖިހާދުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންނަށް އޮތް ނުރައްކަލާ ހެދި
 
އިޒްރޭލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ 8 ގެއަކަށް ހަމަލާދީ، އެތައް ބަޔަކު ޒަޚަމްކޮށްލި، ގިނަ އާއިލާތަކެއް މިއަދު ތިބީ ގެދޮރު ގެއްލިފައިވާ ހާލުގައި
 
ފުރޮޅުލީ ގޮނޑިތަކުގައި ތިބި ކުދިން ދުއްވައިދިނީ އެހެން މީހުން، އެވަގުތު ޑްރޯން ހަމަލާ އާއި ވައިގެ މަގުން ދިން ހަމަލާއެއްގައި ގެތައް ބިމާ ހަމަކޮށްލި

ފަލަސްތީނުގެ އިސްލާމިކް ޖިހާދަށް ދެކޮޅަށް ކަމަށް ބުނެ ޣައްޒާގައި، ޔަހޫދީ އިޒްރޭލުން ހިންގާ ކެމްޕޭން އޯގަސްޓް 6 ވަނަ ދުވަހުވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔައެވެ. އާންމު ރައްޔިތުން ހިމާޔަތް ހޯދަމުން ދިޔަ ގެތަކަށްވެސް ހަމަލާތައް އަމާޒު ކުރިއިރު، ފުރާނަ ސަލާމަތް ކުރުމަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ދިނީ އެންމެ 15 މިނެޓްގެ ފުރުޞަތެއް ކަމަށް އެ ސަރަހައްދުގެ ރަށްވެހިން ބުނެއެވެ.

އުމުރުން މިހާރު 68 އަހަރު ފުރިފައި ވާ ނާދިޔާ ޝަމަލަޚްއަކީ ޚާއްޞަ އެހީއަށް ބޭނުންވާ 4 ދަރިންގެ މަންމައެކެވެ. އުދުވާނީ ހަމަލާ އަންނަން އުޅޭ ކަމުގެ އިންޒާރާއެކު އަމިއްލަ ގެ ދޫކޮށްލާފައި ނުކުތީ ހުސް އަތާއެވެ.

އަހަރެންގެ އަންހެން ދަރިފުޅު އަހަރެން ގާތު ބުނީ އަވަށްޓެރިންނަށް މެސެޖެއް ލިބިއްޖެޔޯ، އެ ގެއާއި މިގެއަށްވެސް އަސަރު ކުރާނެ ވަރުގަދަ ހަމަލާއެއް އަންނަން އުޅޭ ކަމަށް. އެހެންވެ، ކާބޯތަކެއްޗާއި ދެންވެސް ހުރި އެއްޗެއް ދޫކޮށްލާފަ ދުވަން ފެށީ. އޮޕަރޭޝަނެއް ކޮށްފަ ހުރީމަ، އެކަމުގެ ވޭނުގަ އުޅޭތީ، 3 ފަހަރަށް އަހަރެން ވެއްޓުނު
ނާދިޔާ ޝަމަލަޚް؛ ޣައްޒާގެ ރަށްވެއްސެއް

ޖެހިގެން ހުރީ ނާދިޔާގެ ތިމާގެ މީހަކު ދިރިއުޅެމުން ދިޔަ އިމާރަތެކަށްވާއިރު، އެ އިމާރަތަށް އަމާޒުވި ހަމަލާގައި ނާދިޔާގެ ގެވެސް ބިމާ ހަމަވިއެވެ. އޭނާ މިއަދު އިނީ ބޯހިޔާކޮށްލާނެ ފަދައެއް ނެތި، ދާނެ އިތުރު ތަނެއް ނޭނގިފައެވެ. އޭނާގެ ހާލަތު، މީޑިއާއާ ހިއްސާ ކުރަމުން ދިޔައީ ވެއްޓިފައިވާ ގޭގެ ގާކުނޑިތަކުގެ މަތީގައި އިނދެގެންނެވެ.

އަހަރެން ހަމަ ދުވީ. ވެއްޓެމުން ތެދުވަމުން ދުވީ. އަހަރެންގެ ދަރިން ތިބި ފުރޮޅުލީ ގޮނޑިތަކުގައި އެ ކުދިން ދުއްވައިދިނީ އެހެން މީހުން. އަހަރެން ރޮއެ، ހަޅޭއްލެވިން. އެހާ ހިސާބުން ޑްރޯން ހަމަލާ އައީ. ދެން އައީ ވައިގެ މަގުން ދިން ހަމަލާއެއް. ތި ފެންނަން ހުރި ގޮތަށް، ގެ ބިމާ ހަމަކޮށްލީ އެ ހަމަލާގަ. އަހަރެންގެ ނުކުޅެދޭ ދަރިންނާއެކު އަހަރެން މި އިން ތަނުގައި ކުރިން ހުންނާނެ 3 ކޮޓަރި. ފާޚާނާއާއި ބަދިގެއެއް. އެ ހުރިހާ ތަނެއް ސުންނާފަތިވެއްޖެ. އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން މިރޭ ކޮންތާކަށް ދާނީ؟
ނާދިޔާ ޝަމަލަޚް؛ ޣައްޒާގެ ރަށްވެއްސެއް

ހޮނިހިރު ދުވަހަކީވެސް އިޒްރޭލުގެ އުދުވާންތައް މެދުކެނޑުމެއްނެތި ކުރިއަށް ދިޔަ ދުވަހެކެވެ. މުޅި ޣައްޒާގެ ފަޒާ ކިލަނބު ކޮށްފައި ވަނީ ސުންނާފަތި ވަމުން ދިޔަ ގެތަކުން ބޭރުވަމުން ދިޔަ ގާކުނޑީގެ ހިރަފުހާއި ދުމުންނެވެ. އިސްލާމިކް ޖިހާދުންވެސް ވަނީ އިޒްރޭލަށް ރައްދު ހަމަލާތަކެއް ދީފައެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި އިޒްރޭލުން ބުނަމުން ދަނީ، ހަމަލާ އަމާޒު ކުރަނީ އިސްލާމިކް ޖިހާދުން ހަތިޔާރު ގުދަން ކުރަން ބޭނުން ކުރާ ތަންތަނަށް ކަމަށެވެ. ނުވަތަ ކޮމާންޑް ސެންޓަރުތަކަށް ކަމަށެވެ. އެއީ އާންމުންވެސް ދިރިއުޅެމުންދާ ތަންތަނަށް ވާއިރު، ހަމަލާގެ ކުރިން އިންޒާރު ދީފައި ވާނެ ކަމަށްވެސް އިޒްރޭލުން ބުނެއެވެ. ނަމަވެސް ދިނީ އެންމެ 15 މިނެޓްގެ އިންޒާރެއްތޯ ކުރި ސުވާލަށް އިޒްރޭލުން ޖަވާބުދާރީ ވެފައެއް ނުވެއެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އިޒްރޭލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ 8 ގެއަކަށް ހަމަލާދީ، އެތައް ބަޔަކު ޒަޚަމްކޮށްލިއެވެ. ގިނަ އާއިލާތަކެއް މިއަދު ތިބީ ގެދޮރު ގެއްލިފައިވާ ހާލުގައެވެ. ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ބާރު އިތުރަށް ގަދަ ކުރާ ކަމަށް މައުލޫމާތު ލިބެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 15 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާގެ ނުކުޅެދޭ ރަށްވެއްސެއް ކަމަށްވާ ސަފާ ޝަމަލަޚް އަށް ލިބުނު މެސެޖެއް އޭނާ ކިޔާދިނެވެ.

ހެދުން އަޅައިގެން ގެއިން ނުކުމޭ، ގެއަށް ހަމަލާ އަމާޒުވާނެ. މީ އަހަރަމެން ކަހަލަ މީހުންނަށް އިންސާފެއްތަ؟ އަހަރަމެންނަކީ ނުކުޅެދޭ މީހުން. އަހަރެމެން މިތިބީ ހާއްސަ ހާލަތެއްގަ. ކުށްވެރިވާ ހަމައެކަނި ބަޔަކީ އިޒްރޭލެއް ނޫން. އަހަރަމެންނަށް އަޅާ ނުލާތީ، އަރަބި ޤައުމުތަށްވެސް އަހަރެން ކުށްވެރި ކުރަން
ސަފާ ޝަމަލަޚް؛ ޣައްޒާގެ ނުކުޅެދޭ ރަށްވެއްސެއް

އިޒްރޭލުން ބުނާ ގޮތުގައި، ހަމަލާ ދޭން ފެށީ، އިސްލާމިކް ޖިހާދުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންނަށް އޮތް ނުރައްކަލާ ހެދިއެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުންވެސް ހަތިޔާރު ފޮރުވަމުން ދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށް އިޒްރޭލުން ތުހުމަތު ކުރެއެވެ.

އިޒްރޭލުގެ ތުހުމަތުތަކަށް އިސްލާމިކް ޖިހާދުން އިންކާރު ކުރެއެވެ. އަދި އިޒްރޭލުން ދައްކަމުންދާ ބަހަނާތަކަކީ، މަދަނީ ފަރުދުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ދިފާއުގައި ދައްކާ ބަހަނާތަކެއް ކަމަށްވެސް އިސްލާމިކް ޖިހާދުން ބުނެއެވެ.

އަހަރެން ދިޔައީ ރޮމުން. ވަރަށް ބިރުން ހުރީ. ގަތްގަތް ބިރުން، ގަޔަށް ބޮޑުކަމުވެސް ދެވުނު. އަހަރެން ކިހިނެއް ހަދާނީ؟ އަހަރެންގެ ފުރޮޅުލީ ގޮނޑިވެސް މިއޮތީ ހަލާކުވެފަ، ފުރޮޅުތައް ހަލާކުވެފަ
ޝާހިރު ޝަމަލަޚް؛ ޣައްޒާގެ ނުކުޅެދޭ ރަށްވެއްސެއް

ހުޅަނގުން ސިފަ ކުރާ އިސްލާމިކް ޖިހާދު މޫވްމަންޓް އިން ޕަލަސްޓައިން ނުވަތަ ހަރަކާތު އަލް-ޖިހާދު އަލް ފަލަސްތީނަކީ ދިމިޝްކުގައި މަރުކަޒު ކޮށްގެން 1981 ވަނަ އަހަރުން ހިންގަމުން އަންނަ ޖަމާއަތެކެވެ.  އިސްލާމިކް ޖިހާދަކީ، ވަކިވެފައި ވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު އުފެދުމުގެ ރައުޔަށް އިންކާރު ކުރާ ޖަމާއަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
67%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި