ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 08:31
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ޓްވިޓަރ
ލިއޮނެލް މެސީ
ރޮނާލްޑޯއާ އަޅާކިޔޭވަރަށްވުރެ މެސީ މާމޮޅު: ހުއާން ފެނާންޑޯ
 
ހުއާން ފެނާންޑޯ ބުނީ މޮޅެތި ބައިވަރު ކުޅުންތެރިން ތިބޭ ކަމަށާއި، އޭނާ ދެކޭ ގޮތުގައި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އަޅާ ކިޔޭވަރަށްވުރެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މާމޮޅު ކަމަށް ހުއާން ފެނާންޑޯ ކުއިންޓެރޯ ބުނެފިއެވެ.

ކޮލަމްބިއާގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ އެޓޭކިން މިޑްފީލްޑަރު މިހެން ބުނީ ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުންނެވެ. ހުއާން ފެނާންޑޯ ބުނީ މޮޅެތި ބައިވަރު ކުޅުންތެރިން ތިބޭ ކަމަށާއި، އޭނާ ދެކޭ ގޮތުގައި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ، ދުވަހަކު ވެސް މެސީ ރޮނާލްޑޯއާ އަޅާ ކިޔުމަކީ އޭނާ ކުރި ކަމެއް ނޫން ކަމަށާއި، އެއަށްވުރެ މެސީ މޮޅު ކަމަށެވެ. އޭނާ ބުނީ މެސީ އަކީ އެތައް ބަޔަކަށް ގައިޑްކޮށްދޭ ކުޅުންތެރިއެއް ކަމަށާއި، އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން މެސީ ކުޅޭތަން ބަލާކަމަށެވެ.

މެސީއާ ރޮނާލްޑޯ އަކީ އަބަދުވެސް ވާދަވެރިކަން އޮންނަ ދެ ކުޅުންތެރިންނެވެ. މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު ހަތް ފަހަރު ހޯދާފައެވެ. މިއީ އެ އެވޯޑު އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ ބަލޮންޑޯ އެވޯޑު ފަސް ފަހަރު ހޯދާފައެވެ. މީގެ އިތުރުން މެސީ ވަނީ ޔޫރަޕުގެ ރަން ބޫޓު ހަ ފަހަރު ހޯދާފައެވެ. މި އެވޯޑު ވެސް އެންމެ ގިނަ ފަހަރު ހޯދާފައިވަނީ މެސީއެވެ. އަދި މެސީ އަކީ މި އެވޯޑު ޖެހިޖެހިގެން ހަތަރު ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. މެސީގެ ފަހަތުން ރޮނާލްޑޯ ވަނީ މި އެވޯޑު ހަތަރު ފަހަރު ހޯދާފައެވެ. މީގެ އިތުރުން ވެސް މި ދެ ކުޅުންތެރިން ވަނީ އެކިއެކި އެވޯޑުތައް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
30%
10%
10%
20%
0%
30%
ކޮމެންޓް