ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 08:12
ޗެލްސީގެ މެޗުގައި ޓުޗެލް
ޗެލްސީގެ މެޗުގައި ޓުޗެލް
ޓްވިޓަރ
އިނގިރޭސި ޕްރިމިއަރ ލީގު
ހުރިހާ ވެސް ކަމަކީ މޮޅުވުން: ޓުޗެލް
 
ޓުޗެލް ބުނީ ޗެމްސީ އޮތީ އެމީހުންގެ އެންމެ ހައި ލެވެލްގައި ނޫން ކަމަށް

ހުރިހާ ވެސް ކަމަކީ މޮޅުވުން ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް މިހެން ބުނީ މިފަހަރުގެ ޕްރިމިއަރ ލީގުގައި ޗެލްސީން ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗުގައި އެވަޓަަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޖޯޖީނިއޯ ކާމިޔާބުކޮށްްދިން ޕެނަލްޓީއާއެކު، ޗެލްސީ މޮޅުވީ 1-0 އިންނެވެ.

ޓުޗެލް ބުނީ ހުރިހާ ވެސް ކަމަކީ މޮޅުވުން ކަމަށެވެ. ޕެނަލްޓީގައި ކާމިޔާބު ކުރި ލަނޑުން މޮޅުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ އެންމެން ވެސް ބޭނުންވާނީ މޮޅުވުންކަމަށާއި، މޮޅަކީ މޮޅެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އިތުބާރާއެކު ކުޅެން ޖެހޭކަމަށެވެ. ޓުޗެލް ބުނީ ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޓުޗެލް ބުނީ ޗެލްސީ އޮތީ އެމީހުންގެ އެންމެ ހައި ލެވެލްގައި ނޫން ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ހާފުގައި ކުޅުން ދަށް ކަމަށާއި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން އުނދަގޫވިކަމަށެވެ. ޓުޗެލް ވަނީ ބްރައިޓަން ދޫކޮށް ޗެލްސީއަށް ބަދަލުވި ކުކުރޭލާއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. ރޭގެ މެޗުގައި ކުކުރޭލާ ވަނީ ކުޅެން އަރާފައެވެ. ޓުޗެލް ބުނީ ކުކުރޭލާ ކުޅުނީ 20 ވަރަކަށް މިނެޓުކަމަށާއި، އޭނާގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ލީގުގައި ޗެލްސީން ކުޅޭ ދެ ވަނަ މެޗުގައި އޮގަސްޓު 14 ވަނަ ދުވަހު ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް