އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލްހަމާ ދެކޮޅަށް ލިވަޕޫލުން ކުޅުނީ ގޯސް ކުޅުމެއް ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗުގައި ފުލްހަމް އަތުން އެއްވަރުވީ 2-2 އިންނެވެ. މެޗަށްފަހު ކްލޮޕް ބުނީ ނަތީޖާއަކީ ބައްޔަކަށް ނުވި ނަމަވެސް، މެޗުގައި ދެއްކި ކުޅުމަކީ ބައްޔެއް ކަމަށެވެ. އަދި މެޗުގައި ދިމާވި ކަންކަމުން ފިލާވަޅުތަކެއް ދަސްވިކަމަށް ކްލޮޕް ބުންޏެވެ. ފުލްހަމް އަތުން ބަދަލުގައި އެއްޗެއް ބޭނުންނުވާކަން ފާހަގަކޮށް އޭނާ ބުނީ، މެޗުގައި ފުލްހަމުން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށެވެ. ކްލޮޕް ބުނީ ހަގީގަތަށް ބަލާނަމަ. ލިވަޕޫލުން ކުޅުނީ ގޯސް ކުޅުމެއް ކަމަށާއި، ލިބުނީ އެއް ޕޮއިންޓު ކަމަށެވެ.
މީގެ އިތުރުން ކްލޮޕް ބުނީ މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ، މެޗުން މޮޅުވީސް ކަމަށެވެ. ކްލޮޕް ބުނީ ފުލްހަމާ ދެކޮޅަށް ކުޅުމުގެ ކުރިން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅެވުނު ކަމަށާއި، ފުލްހަމްގެ މެޗުގައި އެ ކުޅުން ނުދެއްކުނު ސަބަބު ހޯދުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.
ސީޒަން ފެށުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލުން ވަނީ ވަރުގަދަ ސިޓީ ބަލިކޮށް، ޝީލްޑް އުފުލާލާފައެވެ.
ލީގުގައި ލިވަޕޫލުން ކުޅޭ ދެ ވަނަ މެޗުގައި އޮގަސްޓު 16 ވަނަ ދުވަހު ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.