ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 07:25
މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ
މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ
ރާއްޖެއެމްވީ
މާލޭގައި މީހަކު މަރާލުން
ކަރާއި، ފައިގެ ކަކުލުހުޅާއި، އަތުގެ އުޅަނބޮއްޓާ ހަމައިން އޮތީ ބުރިކޮށްލާފައި
 
އޭނާއަށް ލިބިފައިވާ ޒަހަމްތައް ފުލުހުން ތަފްސީލުކޮށްދީފައެއް ނުވޭ
 
ސީންގައި ހަރަކާތްތެރިވި ފުލުހުން ދެ ބޮޑީ ބޭގެއް ނެރުނު
 
ފުލުހުން ވަނީ ޝައްކު ކުރެވޭ މީހާ ސީންއިން ހައްޔަރުކޮށްފައި

ހ. ޝީރީންވިލާގައި މަރާލި އަންހެން މީހާގެ ކަރާއި، ފައިގެ ކަކުލުހުޅާއި، އަތުގެ އުޅަނބޮއްޓާ ހަމައިން އޮތީ ބުރިކޮށްލާފައިކަން ހާމަވެއްޖެއެވެ.

މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު މަރާލާފައިއޮތް އަންހެނަކު ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މައުލޫމާތުލިބޭގޮތުގައި މަރާލާފައިވަނީ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު ނަމަކަށް ކިޔާ އަންހެނެކެވެ.

ސީންގައި ހަރަކާތްތެރިވި ފުލުހުން އޭނާގެ ހަށިގަނޑު އެގެއިން ނެރިގެން ގެންދިޔަ ވަގުތު ދެ ބޮޑީ ބޭގެއް ނެރުނެވެ. އެއް ބޭގުގައި އޭނާގެ ހަޑިގަނޑު އޮތްކަމަށް ބެލެވޭއިރު، އަނެއް ބޭގުގައި އޮތީ އޭނާގެ ބޮލާއި، ފައިންނާއި، އަތުން ބުރިކޮށްލި ބައިތައް ކަމުގައި ބެލެވެއެވެ. އެހެންނަމަވެސް އޭނާއަށް ދީފައިވާ ޒަހަމްތައް ފުލުހުން އަދި ތަފްސީލުކޮށްދީފައެއް ނުވެއެވެ.

މި މައްސަލައިގައި ޝައްކު ކުރެވޭ މީހާ ފުލުހުން ވަނީ ސީންއިން ހައްޔަރުކޮށްފައެވެ. އަދި އެއީ އޭނާގެ ލޯބިވެރިޔާ ކަމަށް މައުލޫމާތުލިބެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަލީ ސާހިލް ނަމަކަށް ނިޔާ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
13%
6%
49%
23%
8%
3%
ކޮމެންޓް
7 އޯގަސްޓް 2022 | އާދީއްތަ 09:24
ޡުހޫ
ﷲސުބުޙާނަހޫ ވަތަޢާލާ މަރްޙޫމާގެ އެއްމެހާ ފާފަތަަައްފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. ޢަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. މިއަނިޔާވެރި ޢަމަލު ހިންގިމީހާއަށް ޙައްގު އަދަބު ލިބޭނެކަމަށް އުއްމީދު ކުރަން