ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 01:25
ޑޯޓްމަންޑްގެ ސަޕޯޓަރުން ގިނަ އަދަދަކަށް ވަނެވެ
ޑޯޓްމަންޑްގެ ސަޕޯޓަރުން ގިނަ އަދަދަކަށް ވަނެވެ
ބުންޑެސްލީގާ
ޖަރމަން ބުންޑަސް ލީގު
ޑޯޓްމަންޑް ފެށީ މޮޅަކުން
 
މިއީ ހާލާންޑް ކްލަބް ދޫކޮށްދިޔަ ފަހުން ކުޅުނު ފުރަތަމަ މެޗު

ޖަރމަން ބުންޑަސް ލީގުގައި ބަޔާން މިއުނިކާ ވާދަވެރި ބޮރޫޝިޔާ ޑޯޓްމަންޑްވެސް މޮޅަކުން ލީގު ފަށައިފިއެވެ.

ޑޯޓްމަންޑް އާއި ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ބަޔާ ލެވަކޫސަންއާ ވާދަކޮށް 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ޖެހީ މާކޯ ރެއުސްއެވެ. މިއީ ޑޯޓްމަންޑްގެ އެއްވަނަ ފޯވާޑް ހާލާންޑް ކްލަބް ދޫކޮށް, މެންޗެސްޓަރ ސިޓީއަށް ބަދަލުވިފަހުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ހާލާންޑްގެ ބަދަލުގައި ޑޯޓްމަންޑަށް ކުޅުންތެރިއަކު ނުހޯދެއެވެ.

ލީގު ޗެމްޕިއަން ބަޔާން މިއުނިކް ވަނީ އާ ސީޒަންގެ ލީގުގެ ފުރަތަމަ މެޗުގައި ބޮޑު މޮޅެއް ހޯދާފައެވެ. ބަޔާން އާސީޒަން އާއި ކުރިމަތިލީ ލެވާންޑޯސްކީ ނުލައެވެ. މިސީޒަން ކުޅެމުންދަނީ ބުންޑަސް ލީގުގެ އެންމެ މޮޅު ދެ ފޯވާޑުން ނުލައެވެ. އެކަމަކު ބަޔާންއިން ވަނީ ލެވާންޑޯސްކީގެ ބަދަލުގައި މާނޭގެ ސޮއި ހޯދާފައެވެ. މާނޭ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ގޯލް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް