Advertisement
ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 08:35
ޕްރީ ސްކޫލްގެ މަސައްކަތް ނާއިބު ރައީސް ބައްލަވައިލެއްވުން
ޕްރީ ސްކޫލްގެ މަސައްކަތް ނާއިބު ރައީސް ބައްލަވައިލެއްވުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ ސަހައްދުގައި ހިންގާ މަޝްރޫއުތައް
ހިޔާ ސަރަހައްދުގައި އަޅާ ޕްރީސްކޫލްގެ މަސައްކަތް މިމަހުގެ 15 އަށް ނިންމަނީ
މިއީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެއް
ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
ފުރަތަމަ ފިޔަވަހީގައި ހުޅުވާނީ 12 ކްލާސްރޫމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ޕްރީ ސްކޫލްގެ މަސައްކަތް ނިންމައި މިމަހުގެ 15 ވަނަ ދުވަހު އެޗްޑީސީއާ ހަވާލުކުރަން މަސައްކަތްކުރަމުންދާކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ޚާއްސަކޮށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ޕްރީ ސްކޫލްގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުއެވެ. މިއީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ޕްރީ ސްކޫލްގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ހިއްސާކުރަމުން އެސްޖޭ ކޮންސްޓްރަކްޝަންގެ ލޮޖިސްޓިކްސް މެނޭޖަރ ޝަފްޒާދު ސާލިހު ވިދާޅުވީ މިހާރު ސްކޫލްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތްކުރަނީ މިމަހުގެ 15އަށް ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމައި ހަވާލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޝަފްޒާދު ވިދާޅުވީ އެ ކުންފުނިން މިހާރު އެންމެ ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ޕްރީ ސްކޫލްގެ މަސައްކަތް ކަމަށެވެ. މިއީ ޖުމްލަ 24 ކްލާސްރޫމް އެކުލެވިގެންވާ ސްކޫލެކެވެ. އެއީ އެއްފަހަރާ 400އެއްހާ ކުދިންނަށް ކިޔަވައިދެވޭނެ ޖާގައެވެ. އެހެންނަމަވެސް ފުރަތަމަ ފިޔަވަހީގައި ހުޅުވަން ނިންމާފައިވަނީ 12 ކްލާސްރޫމެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން އެކްސެސް ވެވޭނެ ގޮތަށް ފަރުމާ ކުރެވި، ހަދަމުންދާ ސްކޫލެކެވެ.

ޝަފްޒާދު ވިދާޅުވީ ޕްރީ ސްކުލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި މަހު ނިންމަން މަސައްކަތްކުރަމުންދާއިރު، އަމާޒަކީ ސެޕްޓެމްބަރުގެ ނިޔަލަށް މުޅި ޕްރޮޖެކްޓު އެއްކޮށް ނިންމައި، އެޗްޑީސީއާ ހަވާލުކުރުމަށް ކަމަށެވެ.

ގިނަ އާއިލާތަކަކުން މިހާރު ހިޔާ ފްލެޓް ސަރަހައްދަށް ބަދަލުވެފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަސާސީ ޚިދުމަތްތައް ހޯދުމަކީ އަދިވެސް ދަތި ކަމެކެވެ. ވަކިން ޚާއްސަކޮށް ސްކޫލެއް ގާއިމްވެފައި ނެތުމުން ދިމާވާ ބައެއް ގޮންޖެހުންތަކަށް މި ސްކޫލް ހުޅުވުމާއެކު ހައްލު ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް