Advertisement
ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 07:08
ހާގެން ޑާޒް އައިސްކްރީމް
ހާގެން ޑާޒް އައިސްކްރީމް
ފުޑްނެޓްވާރކް.ކޮމް
ހާގެން ޑާޒް އައިސްކްރީމް ތަގައްޔަރުވުން
ތަގައްޔަރުވެފައިވާތީ ހާގެން ޑާޒް އައިސްކްރީމްގެ ބައެއް ބާވަތްތައް ބޭނުންނުކުރަން އެދިއްޖެ
ތަގައްޔަރުވެފައިވަނީ ވެނީލާ، ބެލްޖިއަން ޗޮކްލެޓް، ކުކީސް އެންޑް ކްރީމް، ކުކީސް އެންޑް ކްރީމް އެސްޕީކޭ އަދި ވެނީލާ ކެރަމަލް އާމަންޑް ފްލޭވާގެ ބެޗުތަކެއް
އެލާޓާ ގުޅިގެން ހާގެން ޑާޒް އައިސްކްރީމްގެ ސަބަބުން އޮތް ނުރައްކަލުގެ މިންވަރު އަންނަނީ ދެނެގަންނަމުން

ރާއްޖެއަށް އެތެރެކޮށްފައިވާ "ހާގެން ޑާޒް" ބްރޭންޑުގެ އައިސްކްރީމްގެ ބައެއް ބާވަތްތަކުގެ ބެޗެއް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާތީ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އިދާރާއަށް ހިއްސާކޮށްފައިވާ ކަަމަށެވެ.

Advertisement

އެ އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމާތުން ހާމަވާގޮތުގައި ތަގައްޔަރުވެފައިވަނީ ވެނީލާ، ބެލްޖިއަން ޗޮކްލެޓް، ކުކީސް އެންޑް ކްރީމް، ކުކީސް އެންޑް ކްރީމް އެސްޕީކޭ އަދި ވެނީލާ ކެރަމަލް އާމަންޑް ފްލޭވާގެ ބެޗުތަކެކެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އެލާޓާ ގުޅިގެން ހާގެން ޑާޒް އައިސްކްރީމްގެ ސަބަބުން އޮތް ނުރައްކަލުގެ މިންވަރު ދެނެގަންނަމުން އަންނަ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑްގެ އައިސްކްރީމް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް