ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 19:42
ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް ބައިގެ މެޗެއްގެ ތެރެއިން
ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް ބައިގެ މެޗެއްގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވަލް
ލިލީ ލަޔަންސް އާއި ދިރްހަމް ގެ މެޗުން ކޮމްޕެނީ ބައިގެ މެޗުތައް ފަށަނީ
މި ބައިގައި 12 ޓީމަކުން ވާދަކުރޭ
މިބައިގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ގުރޫޕަކަށް ބަހާލައިގެން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގައި، ލިލީ ލަޔަންސް އާއި ދިރްހަމް ބައްދަލުކުރާ މެޗުން އިންޓާ ކޮމްޕެނީ ބައިގެ ކުޅުން ފެށުމަށް ހަމަޖެހިއްޖެއެވެ.

ހުކުރު ދުވަހު ފަށާ މިބައިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތުގެ ޝެޑިއުލް ރޭވިފައިވާ ގޮތުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހަވީރު 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ހުކުރު ދުވަހު ހެނދުނު 2 މެޗް އަދި ހަވީރުވެސް 2 މެޗް ކުޅޭނެއެވެ.

ޖުމްލަ 12 ޓީމަކުން ވާދަކުރާ މި ބައިގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ލިލީ ލަޔަންސް އާއި، ދިރްހަމް އާއި، ސިމްޑީ ގެ އިތުރުން ގްލޯބަލް ކާގޯއެވެ. ގްރޫޕް ބީގައި ހިމެނެނީ، ޕާރސަނަލް ކޮމްޕިއުޓާސް އާއި، ހިރާސާ ކެމިސްޓް އާއި، މާޒިޔާ ޓްރޭޑާސްގެ އިތުރުން ބޮން ބޭވަރޭޖެސް އެވެ. ގްރޫޕް ސީގައި ހިމެނެނީ އެމްޓީސީސީ އާއި، ގަލްފް ކްރާފްޓްގެ އިތުރުން ޓީމް ޓީޓީއެސް، އަދި ތްރީ ކަލާސް އިންވެސްޓްމެންޓް އެވެ.

ކްރިކެޓް ކާނިވަލްގެ އިންޓަ ކޮމްޕެނީ މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް