ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 16:10
ބީއެމްއެލް ސްމޯލް ގްރާންޓް ތައާރަފުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން
ބީއެމްއެލް ސްމޯލް ގްރާންޓް ތައާރަފުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން
ބީއެމްއެލް
ބީއެމްއެލް ސްމޯލް ގްރާންޓް
ބީއެމްއެލް ސްމޯލް ގްރާންޓަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތެއް
ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއް ހޮވާނެ
ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާތަކަށް
ކޮންމެ ޕްރޮޖެކްޓަކަށް 250،000 ރުފިޔާ ދޭނެ

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމްއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރެވުނު 'ސްމޯލް ގްރާންޓް' ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ބޭންކުން ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނީ 'ސްމޯލް ގްރާންޓް' ފަންޑުގެ ދަށުން އެހީދިނުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ކަންކަމާގުޅޭ ޕްރޮޖެކްޓްތަކަށްކަމަށެވެ.

އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

15 ސެޕްޓެމްބަރ 2022ގެ ކުރިން އީމެއިލް މެދުވެރިކޮށް މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ކުރިން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާތަކަށް ކަމަށްވެސް ބޭންކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް