Advertisement
ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 23:45
ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތު އިތުރުކޮށްފި
ޔެލޯ އެލަރޓްގެ މުއްދަތު ބުދަ ދުވަހުގެ ރޭ 11ން ފެށިގެން ފަތިހު 5ށް ވަނީ އިތުރުކޮށްފައި
ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ނެރުނު ޔެލޯ އެލަރޓްގެ މުއްދަތު އިތުރުކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އެސަރަހައްދަށް ނެރުނު ޔެލޯ އެލަރޓްގެ މުއްދަތު ބުދަ ދުވަހުގެ ރޭ 11ން ފެށިގެން ފަތިހު 5ށް އިތުރުކޮށްފައިވާކަމަށެވެ. ކުރިން ޔެލޯ އެލަރޓްގެ މުއްދަތު ހަމަވާން އޮތީ 11 ޖަހާއިރުއެވެ.

Advertisement

މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެއިތުރުން، ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހި ގުގުރުން އެކަަށީގެންވާކަމަށެވެ. އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން (ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން) މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް