ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 23:27
އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުން
އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
ރައީސް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅު
އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގުތިސާދީ ގުޅުންތައް ބަދަހިކުރުން

އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިންވެސް މި ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި)އިން އިންތިޒާމުކުރި، އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް، ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިގުތިސާދީ ގުޅުންތައް އިތުރުކޮށް ބަދަހިކުރުމެވެ.

މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ އިތުރުން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނިއުދިއްލީގައި ބޭއްވި ފޯރަމްގައި އެމަނިކުފާނު ވަނީ ތަގުރީރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

- ކޮމެންޓް