ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 20:25
ކުޑަ ހެންވޭރު ޔުނައިޓެޑް
ކުޑަ ހެންވޭރު ޔުނައިޓެޑް
އެފްއޭއެމް
ދެވަނަ ޑިވިޝަން
ޖޭޖޭ ބަލިކޮށް ކުޑަ ހެންވޭރު ސެމީއާ ގާތަށް
 
ޖޭޖޭގެ މައްޗަށް ކުޑަ ހެންވޭރު ކުރިހޯދީ 3-1ން
 
ގްރޫޕް އެކެއްގެ ދެވަނާގައި ކުޑަ ހެންވޭރު އޮތީ ހަ މެޗުން 12 ޕޮއިންޓު ހޯދައިގެން

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި ގާތަށް ކުޑަ ހެންވޭރު ޔުނައިޓެޑް ޖެހިލައިފިއެވެ.

މުބާރާތުގެ އެއްވަނަ ގްރޫޕުގައި މިއަދު ހަވީރު ބައްދަލުކުރީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރެވެ. މި މެޗު ކުޑަ ހެންވޭރުން ކާމިޔާބުކުރީ 3-1ންނެވެ. ފުރަތަމަ ހާފުގައި ކުޑަ ހެންވޭރުން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިޒުހާންއެވެ. ކުޑަ ހެންވޭރުގެ ތިންވަނަ ލަނޑަކީ ޖޭޖޭގެ އިސްމާއީލް އާއިޒް ހަމީދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޖޭޖޭގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުނައިފުއެވެ.

މި ނަތީޖާއާއެކު ގްރޫޕް އެކެއްގެ ދެވަނާގައި ކުޑަ ހެންވޭރު އޮތީ ހަ މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕުގެ އެއްވަނާގައި ބުރު ސްޕޯޓްސް ކްލަބު ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. ތިންވަނާގައި އޮތް ކްލަބު ޕީކޭއަށް ލިބެނީ ނުވަ ޕޮއިންޓެވެ. ޖޭޖޭއާއި ޓެންޓް ސްޕޯޓްސް ކްލަބުގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ބިސްބުރު ސްޕޯޓްސް ކްލަބަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޑަ ހެންވޭރަށް ބާކީ އޮތީ އެންމެ މެޗެކެވެ. މި މެޗުގައި ކުޑަ ހެންވޭރު ވާދަކުރަން ޖެހޭނީ ބިސްބުރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް