ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 11:09
އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު ސިރާޖުއްދީން ހައްގާނީ
އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު ސިރާޖުއްދީން ހައްގާނީ
ސީ.އެން.އެން
އަފްޣާނިސްތާން - އިންޑިއާ
އަފްޣާނިސްތާން އާރާސްތު ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވޭ: ހައްގާނީ
ބޭރު ގައުމުތަކުގެ އެހީތެރިކަން އަފްޣާނިސްތާނަށް ބޭނުންވޭ
އިންޑިއާގެ އެމްބަސީ އަފްޣާނިސްތާނުގައި ހުޅުވުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވި

އަފްޣާނިސްތާނު އާރާސްތުކޮށް ސުލްހަ މަސަލަސް ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަތުމުގައި އެމެރިކާގެ އެހީތެރިކަން ބޭނުންވާ ކަމަށް އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު ސިރާޖުއްދީން ހައްގާނީ ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުގައި ހައްގާނީ ވިދާޅުވީ، އިގްތިސާދީ ގޮތުން އަފްޣާނިސްތާނަށް ޖެހިފައި ވަނީ އަލުން ފަށައިގަންނަން ކަމަށެވެ. އެހެންކަމުން ބޭރު ގައުމުތަކުގެ އެހީ އަފްޣާނިސްތާނަށް ބޭނުންވާނެ ކަމަށާއި، އެންމެ ބޮޑު އެހީއެއް ވެދެވޭނެ ކަމަށް ގަބޫލުކުރައްވަނީ އިންޑިއާއިން ކަމަށެވެ.

އަފްޣާނިސްތާނުގައި ހުންނަ އިންޑިއާގެ އެމްބަސީ އަލުން ހުޅުވުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށް ހައްގާނީ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ބޭރުގެ އެމްބަސީތަކަށް އަފްޣާނިސްތާނަކީ ނުރައްކާތެރި ގައުމެއް ނޫން ކަމަށް ހައްގާނީ ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ އެމްބަސީ ހުޅުވިގެންދާއިރު އިތުރު ގައުމުތަކުގެ އެމްބަސީތައް ހުޅުވި އަފްޣާނިސްތާނަކީ ނުރައްކާތެރި ގައުމެއް ނޫންކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ވެސް ހައްގާނީ ވިދާޅުވިއެވެ.

ހައްގާނީ ވިދާޅުވީ، އަފްޣާނިސްތާނުގެ ވިސްނުން ހުރީ އަވައްޓެރި ގައުމުތަކާއި ގުޅިގެން ކުރިއަށް ދިޔުންކަމަށެވެ.

- ކޮމެންޓް