ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 08:51
ރޮނާލްޑޯ އަދި މެގުއާ
ރޮނާލްޑޯ އަދި މެގުއާ
ޓްވިޓަރ
ދުނިޔޭގެ ފުޓުބޯޅަ
ޓުވިޓާގައި އެންމެ ގިނައިން ދިމާކުރަނީ ރޮނާލްޑޯ އާއި މެގުއާއަށް - ރިޕޯޓު
 
އަލާން ޓިއުރިން އިންސްޓިޓިއުޓުން ކުރި ދިރާސާއިން ދައްކާ ގޮތުގައި ދިމާކުރުމުގެ ގޮތުން ގިނަ ސަޕޯޓަރުން ބޭނުންކުރަނީ ސޯޝަލް މީޑިއާ

ޓުވިޓާގައި އެންމެ ގިނައިން ދިމާކުރާ ދެ ފުޓުބޯޅަ ކުޅުންތެރިންނަކީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިންގްލެންޑުގެ ހެރީ މެގުއާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޮފްކޮމް އެނަލިސިސް އިން ބުނާ ގޮތުގައި މިދިޔަ ސީޒަންގެ ފުރަތަމަ ހާފުގެ 2.3 މިލިއަން ޓުވީޓުގެ ތެރެއިން، ދިމާ ކުރުމުގެ ގޮތުން ކޮށްފައިވާ 60،000 ޓުވީޓު ވަނީ ފާހަގަވެފައެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގައި ފާހަގަކޮށްލެވޭ 10 ކުޅުންތެރިންގެ ތެރެއިން ހަތް ކުޅުންތެރިޔަކަށް އޭގެ އަސަރު ކުރާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. މި ޓުވީޓުތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ޓުވީޓު ޔުނައިޓެޑުގެ އަށް ކުޅުންތެރިޔަކަށް އަމާޒުވާކަމަށް އެ އެނަލިސިސްގައިވެއެވެ.

އަލާން ޓިއުރިން އިންސްޓިޓިއުޓުން ކުރި ދިރާސާއިން ދައްކާ ގޮތުގައި ދިމާކުރުމުގެ ގޮތުން ގިނަ ސަޕޯޓަރުން ބޭނުންކުރަނީ ސޯޝަލް މީޑިއާއެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަމުން އޮފްކޮމް ގްރޫޕްގެ ޑިރެކްޓަރ ފޯ ބްރޯޑްކާސްޓިން އެންޑް އޮންލައިން ކޮންޓެންޓް ބުނީ މި ހޯދުންތަކުން ފެންނަނީ ފުޓުބޯޅަ ކަހަލަ ރީތި ކުޅިވަރުގައި ވެސް އަނދިރި ފަރާތެއް އޮންނަ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އޮންލައިންކޮށް ކުޅުންތެރިންނާ ދިމާ ކުރުމަކީ ފުޓުބޯޅައިން ޖާގަ ދޭ ކަމެއް ނޫން ކަމަށެވެ. އަދި މުޖުތަމުގައި ވެސް އެކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯ އާއި މެގުއާއާ ދިމާ ކުރުމުގެ ގޮތުން ޓުވީޓާގައި ކޮށްފައިވާ ޓުވީޓު ތަކުގެ އަދަދާއި، އެއާ ގުޅޭ ރިޕޯޓެއް އޮފްކޮމް އިން ވަނީ އެކުލަވާލާފައެވެ.

މިގޮތުން ރޮނާލްޑޯ އަލުން އަނބުރާ ޔުނަައިޓެޑާ ގުޅުނު ދުވަހު (27 އޮގަސްޓު 2021)ގައި ދިމާ ކުރުމުގެ ގިނަ ޓުވީޓުތަކެއް ކޮށްފައިވާ ކަމަށް ވެއެވެ. އެއީ ދިމާކުރުމުގެ ގޮތުން ކޮށްފައިވާ 3،961 ޓުވީޓު ހިމެނޭކަމަށެވެ. ދެން ފާހަގަކޮށްލެވެނީ އަމިއްލަ ދަނޑުގައި 2-0 ން މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑު ބަލިވުމާ ގުޅިގެން، ކެޕްޓަން މެގުއާ މައާފަށް އެދި ޓުވީޓު ކުރުމުން، އޭނާއާ ދިމާ ކުރުމުގެ ގޮތުން މީހުން ކުރި ޓުވީޓެވެ. އެގޮތުން މެގުއާއާ ދިމާ ކުރުމަށް 2،903 ޓުވީޓުކޮށްފައިވާ ކަމަށް ވެއެވެ. އަދި އެ ޓުވީޓުތަކުގައި އާންމު މިންގަނޑުތަކާ ޚިލާފު ބައެެއް ބަސް ބަސް ބޭނުންކޮށްފައިވާ ކަމަށް ވެސް ވެއެވެ.

މިކަމާ ގުޅޭ ގޮތުން އެ ގުރޫޕުން ބުނީ މިއީ އެއްވެސް ހާލަތެއްގައި ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ. ފުޓުބޯޅައަކީ ރީތި ކުޅިވަރެއް ކަމަށާއި، އެކަމުގެ ސަބަބުން ފުޓުބޯޅައަށް ވެސް ހަޑި ނަންނ ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް