ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 07:24
ލިވަޕޫލްގެ އެއްބަސްވުން ޖޮޓާ އައު ކުރަނީ
ލިވަޕޫލްގެ އެއްބަސްވުން ޖޮޓާ އައު ކުރަނީ
ޓްވިޓަރ
ޑިއޯގޯ ޖޮޓާގެ ކުރިމަގު
ލިވަޕޫލްގެ އެއްބަސްވުން ޑިއޯގޯ ޖޮޓާ އައުކޮށްފި
 
މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް ބަދަލުވިފަހުން، އޭނާ އަކީ ޓީމުގައި މުހިންމު ކުޅުންތެރިޔެއް

ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ދިގު މުއްދަތަކަށް ލިވަޕޫލްގެ އެއްބަސްވުން އައުކުރުމަށްފަހު ޖޮޓާ ބުނީ، އޭނާ ހުރީ ނުހަނު އުފަލުން ކަމަށެވެ. ޖޮޓާ ބުނީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް ބަދަލުވިފަހުން، އޭނާ އަކީ ޓީމުގައި މުހިންމު ކުޅުންތެރިޔެއްކަން ގަބޫލުކުރެވުނުކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކުލަބުން އޭނާއަށް އައު އެެއްބަސްވުމެއް ހުށަހެޅުމަކީ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އޭނާ ގަބޫލުކުރިކަމުގެ ހެތްކެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޖޮޓާ ބުނީ ނަސީބު ދެރަކަމުން އައު ސީޒަން ފެށެން އަންނައިރު، އޭނާ ހުންނަން ޖެހުނީ ކުޑަ އަނިޔާއެއްގައި ކަމަށެވެ. އެއީ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާއަށް ލިބުނު އަނިޔާއެކެވެ. ނިމުނު ސީޒަންގައި ވެސް ހުރިހާ ކަމަކަށް ފޯކަސް ކުރި ފަދައިން، ކުރިއަށް އޮތް ސީޒަނަކީ ވެސް އެ އަޒުމުގައި މަސައްކަތްކުރާނެ ސީޒަނެއް ކަމަށް އޭނާ ބުންޏެވެ.

ލިވަޕޫލްގެ އެއްބަސްވުން ޖޮޓާ އައުކުރުމާ ގުޅިގެން ކޯޗު ޔާގަން ކްލޮޕް ބުނީ، އެއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. ކްލޮޕް ބުނީ ޖޮޓާ އަކީ ކޮލިޓީ ހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ އަކީ ލަނޑު ޖަހާ ކުޅުންތެރިއެއް ކަމަށެވެ. މެޗުތަކުގައި ޖޮޓާ އަކީ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން ކްލޮޕް ބުނީ، ކައުންޓަ އެޓޭކްގައި އޭނާ ދައްކާ ކުޅުމުން ހައިރާންވާ ކަމަށެވެ. ކްލޮޕް ބުނި ގޮތުގައި ޖޮޓާ އަކީ އެޓޭކިންގެ ހުރިހާ ރޯލަކަށް ވެސް ކުޅެވޭނެ ކުޅުންތެރިޔެކެވެ.

ވޮލްްވްްސް ދޫކޮށް ޖޮޓާ ލިވަޕޫލަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 85 މެޗުގައި 34 ލަނޑު ޖަހާފައެވެ. އެ ޓީމާއެކު އޭނާ ވަނީ އެފްއޭ ކަޕާއި، ކަރަބޯ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް