ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 07:07
މުބާރާތުގެ ތެރެއިން
މުބާރާތުގެ ތެރެއިން
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން - ސާފް
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް
އިންޑިއާ އަތުން ވެސް ރާއްޖެއަށް ނާކާމިޔާބު
 
90 ވަނަ މިނެޓުގައި އިންޑިއާއަށް ލަނޑު ޖަހައިދިނީ ގުރްކިރާތު ސިންގް

ރާއްޖެ ބަލިކޮށް އިންޑިއާއިން 20- އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކުރީ 1-0 ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނުނީ ފަހު ވަގުތުގައެވެ. 90 ވަނަ މިނެޓުގައި އިންޑިއާއަށް ލަނޑު ޖަހައިދިނީ ގުރްކިރާތު ސިންގްއެވެ. އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

މުބާރާތުގެ ފައިނަލްގައި އަންނަ ހުކުރު ދުވަހު އިންޑިއާއިން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 ން ކާމިޔާބުކުރީ ބަންގްލަދޭޝް އިންނެވެ. މުބާރާތުގެ ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ފައިނަލްގެ ޓާގެޓުގައި ވާދަކުރި ރާއްޖެއަށް ލިބުނީ ހަތަރު ވަނަ މަގާމެވެ. އެއީ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗު 1-1 ން އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް