ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 15:12
އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެއް
އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެއް
އޭޕީ
ލަންޑަން އަލިފާން
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 17 އަށް
އަދިވެސް "އަދަދު ނޭނގޭ ވަރަށް" ހާދިސާ ހިނގި އިމާާރާތުގެ ތެރޭގައި ބަޔަކު އެބަތިބިކަމަށްވޭ

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓް ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދެން ދިރިހުރި މީހަކު ފެންނާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ލަންޑަނުގެ ފަޔާ ކޮމިޝަނަރު ޑެނީ ކޮޓަން ވިދާޅުވީ އަދިވެސް "އަދަދު ނޭނގޭ ވަރަށް" ހާދިސާ ހިނގި އިމާާރާތުގެ ތެރޭގައި ބަޔަކު އެބަތިބި ކަމަށެވެ. 

މިހާތަނަށް 17 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދޭއިރު، ލަންޑަނުގެ ނޯތު ކެންސިންޓަންގައި ހުންނަ 24 ބުރީގެ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަނިޔާވި އަދި މަރުވި މީހުންގެ އާއިލާތަކަށް އިނގިރޭސި ރާނީ ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

ހޮސްޕިޓަލުގައި 30 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާއިރު 17 މީހަކު ވަނީ ނާޒުކު ހާލަތެއްގައެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަނީ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރައްވާނެ ކަމަށް ވައުުދުވެވަޑައިގެންފައެވެ. އެކަމަނާ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ވެސް ކުރައްވާފައެވެ. 

އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް 24 ގަނޑިއިރަށް ވުރެ ގިނަ ގަނޑިއިރު ނެގިއިރު މި ހާދިސާ ހިނގި ސަބަބެއް އަދި ނޭނގެއެވެ. 

ހާދިސާ ހިނގި އިމާރާތުގައި ރައްކާތެރި ފިޔަވަޅުތައް އަޅާފައި ނުވާޓީ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އިމާރާތުގައި ފަޔާ އެލާމް ސިސްޓަމެއްވެސް ނެތެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް