ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:58
ޖޫލްސް ކޫންޑޭ
ޖޫލްސް ކޫންޑޭ
ޓްވިޓަރ
ކޫންޑޭ ބާސެލޯނާއަށް ބަދަލުވުން
ބާސެލޯނާއާއި ޗެލްސީގެ ތެރެއިން ޗޮއިސް ވަރަށް ސާފު: ކޫންޑޭ
 
ބާސެލޯނާއަށް ބަދަލުވުމަށް އެންމެ ބޮޑަ ބާރު އެޅީ ކޯޗު ޒަވީ ހެނާންޑޭޒް
 
ކޫންޑޭގެ ސޮއި ހޯދުމަށްފަހު ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް ކޫންޑޭ ދައްކާލާފައި

ބާސެލޯނާ އާއި ޗެލްސީގެ ތެރެއިން ޗޮއިސްއަކީ ކޮބައިކަން ވަރަށް ސާފު ކަމަށް ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ބުނެފިއެވެ.

ޗެލްސީގެ މައްޗަށް ކުރި ހޯދާ، ކޫންޑޭގެ ސޮއި ހޯދުމަށްފަހު ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލާފައެވެ.

ބާސެލޯނާއަށް ބަދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޫންޑޭ ބުނީ ޗެލްސީއިން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި އޭނާއަށް އެ ކުލަބަށް ސޮއި ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. ނަމަވެސް ބާސެލޯނާއާއި ޗެލްސީގެ ތެރެއިން އޭނާއަށް ޗޮއިސް އަކީ ކޮބައިކަން ވަރަށް ސާފުވި ކަމަށެވެ. އޭނާ ބުނީ ބަސެލޯނާއަށް ބަދަލުވުމަކީ އޭނާ އެންމެ ބޭނުންވި ގޮތް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޫންޑޭ ބުނީ، ބާސެލޯނާއަށް އައުމުން އޭނާއާ މެދު ބެހެއްޓި ގާތް ކަމަށް އުފާވާ ކަމަށާއި، ޓީމާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. ކޫންޑޭ ބުނީ އޭނާ ބާސެލޯނާއަށް ބަދަލުވުމަށް އެންމެ ބޮޑަ ބާރު އެޅީ ކޯޗު ޒަވީ ހެނާންޑޭޒް ކަމަށާއި، ޒަވީގެ އެދުމަކީ ސެވިއްޔާގައި ދެއްކި ކުޅުން ބާސެލޯނާގައި ވެސް ދެއްކުން ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ ކަހަލަ ބޮޑު ކުލަބަކަށް ބަދަލުވުމުން ކޯޗު ވެސް އެދޭނީ އެކަމަށް ކަމަށާއި، އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ހޯދާފައެވެ. މީގެ އިތުރުން ވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތް އެ ޓީމުން ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
0%
25%
50%
0%
ކޮމެންޓް