ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:39
ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ޓްވިޓަރ
އެންޓޯނިއޯ ކޮންޓޭގެ ކުރިމަގު
"ބޭނުންވަނީ ފައިސާއެއް ނޫން، ޓީމު މޮޅު ކޮށްދޭން"
އޭނާ ބުނީ މަސައްކަތްތަކެއް ކުރުމަށް ހަވާލުވެފައި އޮތް ކަމަށާއި، އެ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދު އޮތް ކަމަށް

ބައިވަރު ފައިސާތަކެއް ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ޓީމު މޮޅުކޮށްދޭން ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ މިހެން ބުނީ އޭނާ ދިން އިންޓަވިޔުއެއްގައި ކުލަބުގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެ އިންޓަވިޔުގައި ކޮންޓޭ ބުނީ، ކުލަބަކާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހެދުމަކީ އެއްވެސް އިރަކު އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ބަލާއިރު، މިހާރުގެ ކުލަބް ޓޮޓެންހަމްގެ އެއްބަސްވުން އައު ކުރުމަކީ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

މީގެ އިތުރުން ކޮންޓޭ ބުނީ އޭނާއާއި ޓޮޓެންހަމްގެ އިސްވެރިންނާ ދެމެދު ގާތް، ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ. އޭނާ ބުނީ މަސައްކަތްތަކެއް ކުރުމަށް ހަވާލުވެފައި އޮތް ކަމަށާއި، އެ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދު އޭނާއަށް އޮތް ކަމަށެވެ. ކޮންޓޭ ބުނީ އަވަސް އަރުވާލައިގެން އެއްބަސްވުން އައު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ.

ކޮންޓޭ ބުނީ އޭނާ ޓީމާ ހަވާލުވީ ފައިސާތަކެއް ބޭނުންވުމުގެ ބަދަލުގައި، ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައިދީ ޓީމު މޮޅު ކޮށްދިނުމަށް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ފައިސާ ހޯދުމުގެ މަގުސަދުގައި ދިގު މުއްދަތަަކަށް އެއްބަސްވުން އައު ކުރުމަކީ ބޭކާރު ކަމެކެވެ.

ޓޮޓެންހަމާ ހަވާލުވެ ކޮންޓޭ ވަނީ ރަނގަޅު ހިސާބަކަށް ޓީމު ގެންގޮސްފައެވެ. އެގޮތުން ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމުން ވަނީ ހޯދާފައެވެ.

- ކޮމެންޓް