ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:20
މާޒިޔާއިން ލީގުގެ އަށްޑަނަ އުފުލާލަނީ
މާޒިޔާއިން ލީގުގެ އަށްޑަނަ އުފުލާލަނީ
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
މޮޅަކާއެކު މާޒިޔާއިން ލީގުގެ އަށްޑަނަ އުފުލާލައިފި
 
މާޒިޔާ ބަލިވީ އެންމެ މެޗަކުން

މޮޅަކާއެކު މާޒިޔާއިން ދިވެހި ޕްރިމިއަރ ލީގުގެ އަށްޑަނަ އުފުލާލައިފިއެވެ. ލީގުގެ ފަހު މެޗަށް ނުކުތްއިރުވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާއިން ލީގުގެ އަށްޑަނަ އުފުލާލީ ދެވަނާގައި އޮތް އީގަލްސް 5-0 ން ބަލިކުރުމަށްފަހުއެވެ.

މިއީ މާޒިޔާއިން ވިދިވިިދިގެން ލީގުގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. މާޒިޔާ ލީގުގެ ޗެމްޕިއަންކަން ހޯދީ 21 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކައިރިން ވާދަކުރި އީގަލްސްއަށް ލިބުނީ 46 ޕޮއިންޓެވެ. ލީގުގައި މާޒިޔާ ބަލިވީ ދެވަނަ ބުރުގައި ހަމައެކަނި އީގަލްސް އަތުންނެވެ.

ލީގުގެ ފަހު މެޗުގައި މާޒިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން އަސަދުالله އަބްދުالله އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މާޒިޔާއަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ. ދެވަނަ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. ތިންވަނަ ލަނޑު އަސަދުالله ޖެހީ ދާދު މުޅިން ހުސްކޮށްލާފަ ދިން ބޯޅައަކުންނެވެ. މާޒިޔާއަށް ދެން ލަނޑު ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ މާޒިޔާގެ ކިރަންއެވެ. ފެއަރޕްލޭ ޓީމަކީ ޔުނައިޓެޑް ވިކްޓްރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް