ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 01:50
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތަކުގެ ދަފުތަރު
ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާއަށް ހުޅުވާލައިފި
ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 07 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން ހުށަހަޅަން އެދިފައިވޭ

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތް ތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، އިލެކްޝަން ކޮމިޝަން(އީސީ) އަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޝަކުވާއަށް އާންމުކޮށް ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން އީސީން ބުނީ ފޯމުގައިވާ މަޢުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާއަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް އިޢުލާން ކޮށްފައިވާކަމަށެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރަށް މެސެޖެއްވެސް ވާނީ ފޮނުވިފައެވެ.

މީގެއިތުރުން 31 ޖުލައި ވާ އާދިއްތަ ދުވަހު އާންމު ކުރެވިފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 07 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ފޯމު ހުށަހެޅުމަށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް އީމެއިލް ކުރުމަށް އީސީން ވަނީ އެދިފައެވެ.

ޝާއިއު ކުރެވިފައިވާ ލިސްޓުގައި ހިމެނިފައިވާ ފޯމުތަކުގެ އަދަދު ތަކަކީ؛'

- ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) ގެ 23 ފޯމު

- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ 12 ފޯމު

- ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ 2104 ފޯމު

- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) ގެ 103 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

- ކޮމެންޓް