ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 12:01
ރޮނާލްޑޯ ދަނޑު ދޫކޮށް ދަނީ
ރޮނާލްޑޯ ދަނޑު ދޫކޮށް ދަނީ
ޓްވިޓަރ
އައު ސީޒަނަށް ޔުނައިޓެޑުން ތައްޔާރުވުން
މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން ރޮނާލްޑޯއަށް
ދަނޑު ދޫކޮށް ދިޔަ ނަމަވެސް، އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވޭ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗު ނުނިމެނީސް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑު ދޫކޮށް ދިޔުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމަށްފަހު ރޮނާލްޑޯ ވަނީ ޓީމާ ދުރުގައި ހުރެފައެވެ. އޭގެ ފަހުން ރޮނާލްޑޯ ފެނުނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައެވެ. މެޗުގެ ފުރަތަމަ 11 ގައި ކޯޗު އެރިކް ޓެން ހާގް ވަނީ ރޮނާލްޑޯ ހިމަނާފައެވެ. ނަމަވެސް ދެވަނަ ހާފު ފެށީ ރޮނާލްޑޯގެ ބަދަލުގައި އަމަޑް ޑިއާލޯ ކުޅެން އަރުވައިގެންނެވެ. އޭގެ ފަހުން މެޗު ނިމުމުގެ ކުރިން ރޮނާލްޑޯ ދަނޑު ދޫކޮށް ދާ މަންޒަރު ފެންނަ ފޮޓޯތަކެއެއް ވަނީ އާންމުވެފައެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ދަނޑު ދޫކޮށް ދިޔަ ނަމަވެސް، އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުވެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑޯގެ އިތުރުން ޔުނައިޓެޑުގެ އެހެން ކުޅުންތެރިން ވެސް ވަނީ މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި ޑިއޯގޯ ޑަލޮޓް ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔަ ނަމަވެސް، ރޮނާލްޑޯ ވަނީ އެނބުރި އާދެވުމުން އުފާވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 ން އެއްވަރުވެގެންނެވެ.

އައު ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

- ކޮމެންޓް