ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 11:49
ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައި
ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައި
ޓްވިޓަރ
ލަންޑަން އަލިފާން
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓް ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް 12 މީހުން މަރުވެފައިވާއިރު، އެ އަދަދު އިތުުރުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ލަންޑަނުގެ ނޯތު ކެންސިންޓަންގައި ހުންނަ 24 ބުރީގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވުމުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 65 މީހުން ސަލާމަތްކޮށްފައިވާއިރު  އަދިވެސް އިމާރާތުގެ ތެރެއިން ދުންއަރާތަން ފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޮފިޝަލުން ލައިޓްތައް ބޭނުންކޮށްގެން އިމާރާތުގެ ކޮންމެ ބުރިއެއް ރަނގަޅަށް މިހާރު ބަލަމުންދާ ކަމަށް ވެއެވެ.

މިހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލުގައި 34 މީހަކަށް ފަރުވާ ދެމުންދާއިރު 18 މީހަކު ވަނީ ނާޒުކު ހާލަތެއްގައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭއިރު، 44 އާއިލާއަކަށް ކަމާބެހޭ ފަަރާތްތަކުން ވަނީ އިމާޖެންސީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ.

އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެކެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް